twitterviber whatsapp telegramfacebookyoutube instagram
27th June 2026

މިޔަރު ހަމަލާދިން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

އަބްދުލް ވާހިދު ޙަސަން
Apr 19, 2025
2

ކުޅުދުއްފުށީ ކައިރީގައި މަސްހިފަން އުޅެނިކޮށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތްކުރަމުންދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 7 ޖަހާއިރު ހިނގި މިހާދިސާގައި ޒަހަމުވެފައިވަނީ 30 އަހަރުގެ ކުޅުދުއްފުށީ މީހަކަށެވެ. މިޔަރުގެ މި ހަމަލާއާ ގުޅިގެން އެމީހާގެ ކަނާތު ކޮނޑާއި އަތް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު ކޮނޑުހުޅުންވެސް ވަނީ ނެއްޓިފަ އެވެ.

ކޭއާރުއެޗުގެ އޮފިޝަލަކު ވިދާޅުވީ، ޒަހަމުވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތްކުރަމުންދާއިރު އޭނާގެ ހާލު ސްޓޭބަލްކަމަށް ހޮސްޕިޓަލުން ބުނެ އެވެ. ޒަހަމުން ލޭމަނާކޮށް ކޮނޑުހުޅަށް އަރުވާފައިވާކަމަށާއި އޭނާ މާލެ ފޮނުވާލަނީ ޕްލާސްޓިކް ސާޖަރީއަކަށެވެ. ރާއްޖޭގައި މިވަގުތު ހުރީ އެންމެ ޕްލާސްޓިކް ސާރޖަން އެކެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، މިޔަރު ހިފީ މަސް ހިފަން ފޭބިތަނުން ކަމަށާއި އޭރު އަދި އޮތީ މަތީގައި ކަމަށެވެ. މިޔަރު އެރިގޮތަށް އަރާ މީހާ ގައިގައި ހިފުމަށްފަހު މަސައްކަތްކުރީ މިހާ ގޮވައިގެން އަޑިއަށްދިޔުމަށް ކަމަށް މެމީހާ ކިޔައިދިނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާއަށް ހަމަލާދިނީ އާދައިގެ މިޔަރެއްކަމަށްވާ "ބްލެކް ޓިޕް" އެކެވެ. މިޔަރުގެ އުނގަދޫ ބޮޑުވެ މިޔަރު ހިފުމަށް ހުއްދަދިނުމަށް ގޮވާލާއި އަޑުތައް ވަނީ ގަދަވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355