twitterviber whatsapp telegramfacebookyoutube instagram
19th April 2025

ކޭއާރުއެޗް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ފުރަތަމަ ފިޔަވަހީގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ: މިނިސްޓަރ ނާޒިމް

އަބްދުލް ވާހިދު ޙަސަން
Apr 18, 2025
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ، ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ ކަރުދާހުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށާއި އަމަލީ މަސައްކަތުގެ ފުރަތަމަ ފޭހުގެ މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އިން ގެނެސްދޭ 'އަހާށޭ ބުނާނަން' ޕްރޮގުރާމުގައި އާންމު ފަރާތްތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ކޭއާރުއެޗް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ކަރުދާހުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.

މައިގަނޑު ދެ ފޭހަކަށް ބަހާލައިގެން އެ ހޮސްޕިޓާ ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފޭހުގެ މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދާނެކަން މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ކޭއާރުއެޗް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ދާދިފަހުންވެސް ސީއީއޯ ނާޒިމާއާއެކު ކުރެއްވި ކަމަށެވެ.

ކޭއާރުއެޗުގެ ހިދުމަތްތައް ފުޅާކުރުމަށްޓަކާ އިތުރު ބް-ސްޕެޝަލިސްޓުން ލުމަށްކުރަން ޖެހޭ ޕްލޭންތައް ހެދިފައިވާ ކަމާއި ފަހަރަކު ކަމަކުން ގޮސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓާޝިއަރީ ފެންވަރުގެ ހިދުމަތްތައް އެ ހޮސްޕިޓަލުން ދެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކޭއާރުއެޗުގެ ތިން ޑޮކްޓަރަކު މިހާރުވެސް ސަބް-ސްޕެޝަލިޓީއަށް ކިޔަވަމުންދާ ކަމަށާއި އޭގެ ތެރެއިން ބައެއް ޑޮކްޓަރުން މިއަހަރު ނިމި، ހޮސްޕިޓަލާ ގުޅޭނެ ކަމަށެވެ.

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްފުޅާކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު ނާޒިމް ވިދާޅުވީ، ކޭއާރުއެޗުގެ ހިދުމަތް ފުޅާކުރާއިރު ޑައިލިސިސްގެ ހިދުމަތްވެސް ފުޅާވެގެންދާނެކަމަށެވެ.

ދާދިފަހުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވެސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ، ޓާޝިއަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ އެހޮސްޕިޓާ ތަރައްގީކުރުމަށް ހެލްތް މިނިސްޓްރީ 18 މަސްދުވަހުގެ ޓައިމްލައިނެއް އެކުލަވާލައި ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ފަށާފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355