twitterviber whatsapp telegramfacebookyoutube instagram
7th April 2026

ޝަލަބީ އާއި އަންމަޑޭގެ ޝޯއެއް އަންނަ މަހު 5،6 ގައި ކުޅުދުއްފުށީގަ

Aug 29, 2017

މޯލްޑިވިއަން އައިޑޮލްގެ އިން އެތަށް ބައެއްގެ ހިތްތަކަށް ވާސިލްވި ޝަލަބީ އިބްރާހިމް އާއި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ޖަޖިން ޕެނަލްއިން ފެނިގެން ދިޔަ އަހުމަދު އިބްރާހިމް (އަންމަޑޭ)ގެ ޝޯއެއް އަންނަ ސެޕްޓެންބަރ މަހު 5 އަދި 6 ވަނަ ދުވަހު ކުޅުދުއްފުށީގައި ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

ތިލަދެކުނު ސިނަމާގައި ޝޯ ދިނުމަށް ހަަމަޖެހިފައިވާއިރު މިއީ އެއްވެސް ފަރާތެއްގެ ސްޕޮންސާއަކަށް ނުވަތަ ކުޅުދުއްފުށިން ބަޔަކު އިސްނަގައިގެންދޭ ޝޯ އެއް ނޫން ކަމަށް މިކަމާ ހަވާލުވެގެން ހުންނަ ހަސަން އަލީ (ބައްޑެ) ބުންޏެވެ.

މި އީދުގަ ޝަލަބީގެ ގިނަ ޝޯތަކެއް އުތުރުގެ އަތޮޅުތަކުގައި ދޭނެ އެވެ. އެގޮތުން ޝަލަބީގެ ފުރަތަމަ ޝޯ އޮތީ ހއ. ބާރަށުގަ އެވެ. ދެ ވަނަ ދުވަހުގެ ރޭ ނ. ހޮޅުދޫގައި ޝޯ ދޭ އިރު ތިން ވަނަ ދުވަހުގެ ރޭ ޝޯ އޮތީ ޅ. ނައިފަރުގަ އެވެ. އަދި ހަތަރު ވަނަ ދުވަހުގެ ރޭ ރ. ދުވާފަރުގައެވެ.

އޭގެ އިތުރުން މި ޝޯ އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7887711 މިނަންބަރަށް ގުޅުވައިގެން ކުރިއަށް ދިޔުމަށް އެފަރާތުން ވަނީ އެދިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355