twitterviber whatsapp telegramfacebookyoutube instagram
18th October 2025

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް އޮކްޓޫބަރު މަހު ބާއްވަނީ

Sep 5, 2017

ހދ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމް ކުރާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތް 2017 އިއުލާނު ކޮށްފި އެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހދ އަތޮޅުގައި ރެޖިސްޓްރީވެފައިވާ ކުލަބު ޖަމިއްޔާތަކަށް އަދި ރަށު ކައުންސިލްތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން ހޯސްޓް ކުރުމުގެ ފުރުސަތުވެސް ވަނީ ރަށު ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށްވެސް ހުޅުވާލާފަ އެވެ. މުބާރާތް ހޯސްޓް ކުރަން އެދުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 14 އެވެ.

މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ އަތޮޅު ކައުންސިލްގެ ފޯނު ނަންބަރު 6521100 އާ ގުޅުއްވުމުން ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355