އެލައިޑް އިންސުއަރެންސާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ހިންގި ރައްކާ ފުޓްސަލް ޓޯނަމެންޓް 2017 ގެ ޗެމްޕިއަންކަން ހޮސްޕިޓަލްއިން ހޯދައިފި އެވެ.
ރޭ ކުޅުނު ފައިނަލު މެޗު ހޮސްޕިޓަލް އިން ކާމިޔާބުކުރީ 5-7 އިން ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް ބަލިކޮށްގެންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމުގެ އަހްމަދު އާދަމް (ބާޑޭ) އެވެ.
މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމުގެ އަހުމަދު އާދަމް (ބާޑޭ) އާއި އަހްމަދު އާލިމް (ސޭކޭ) އާއި ކޭޕީއެލްގެ ހުސައިން އަބްދުލް ރަޝީދު (ބިގޭ) އާއި އޭއީސީ ޓީމުގެ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ގެ އިތުރުން އެސްޓީއޯގެ މުހައްމަދު ޝާފީ އެވެ.
މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޑަ އިއްބެ އެވެ. އޭނާ މި މުބާރާތުގައި ޖުމްލަ 12 ގޯލު ޖަހާފައިވެ އެވެ. އަދި މު މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވެސް އޭއީސީ އެވެ.
މި މުބާރާތަކީ މޯލްޑިވެސް ޕޮލިސް ސާވިސް އިން އިންވިޓޭޝަނަލް މުބާރާތެއްގެ ގޮތުގައި ބޭއްވި މުބާރާތެކެވެ.