twitterviber whatsapp telegramfacebookyoutube instagram
21st December 2025

ކޭބީސީ އިންޓަރ އޮފީސް ބާސްކެޓް ބޯލްގެ ގުރު ނަގައިފި

Sep 10, 2017

ކުޅުދުއްފުށީ ބާސްކެޓް ބޯލް ކްލަބުގެ ފަރާތުން ކުޅުދުއްފުށީގެ އޮފީސްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާސްކެޓް ބޯލް ޓޯރނަމެންޓްގެ ގުރުއަތުލުން ނަގައިފި އެވެ.

މި ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ މިރޭ ކުޅުދުއްފުށީ ކެމްޕަހުގައެވެ. ޖުމްލަ 10 މުވައްސަސާއަކުން ބައިވެރިވި މި މުބާރާތުގައި އަންހެން 3 ޓީމް ވާދަކުރާނެ އެވެ.

ފިރިހެން ޓީމްތައް 2 ގްރޫޕަކަށް އަންހެން ޓީމްތައް 1 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ އަންހެން ގްރޫޕްގައި ހިމެނެނީ ހޮސްޕިޓަލް، އޭއީސީ އަދި ދިރާގެވެ. ފިރިހެނުންގެ ގްރޫޕް “އޭ” ގައި ހިމެނެނީ ކަސްޓަމް، އެމްއެންޔޫ އަދި ކޯޓެވެ. ފިރިހެނުންގެ ގްރޫޕް “ބީ” ގައި ހިމެނެނީ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، އެސްޓީއޯ އަދި ޕޮލިހެވެ.

މި ސެޕްޓެމްބަރ މަހު 12 އިން 19 އަށް ކުޅުދުއްފުށީ ޒޯން ސްޑޭޓިއަމްގެ ބާސްކެޓް ކޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ ކުއަންޓަމްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355