twitterviber whatsapp telegramfacebookyoutube instagram
30th August 2026

19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގައި ހަނިމާދޫގެ ހުޒާމް ހިމެނިއްޖެ

Sep 13, 2017

މިމަހުގެ 18 ވަނަ ދުވަހު ބޫޓާންގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް 18 އަހަރުން ދަށުގެ ގައުމީ ޓީމްގައި ހދ ހަނިމާދޫއަށް އުފަން ހުނަރުވެރި، އުންމީދީ ކުޅުންތެރިޔާ ހުޒާމް އަބުދުލް ރަހުމާން ހިމެނިއްޖެ އެވެ.

ފުޓްބޯޅައިގައި އަރަމުން އަންނަ ޒުވާން ހުނަރުވެރި ހުޒާމް ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނިފައިވާކަން އެފްއޭއެމުން މިހާރު ވަނީ އޭނާއަށް އަންގާފަ އެވެ. ހުޒާމަކީ މިހާރުވެސް ޔުނައިޓެޑް ވިކްޓަރީއަށް ކުޅެމުން އަންނަ ކުޅުންތެރި އެވެ.

ކުޑައިރުންސުރެވެސް ފުޓްބޯޅައަށް ޝައުގުހުންނަށް ހުޒާމް ބުނީ އޭނާ ކުރިއަށްދާން ބޭނުންވަނީވެސް ފުޓްބޯޅައިގެ ދާއިރާއިން ކަމަށެވެ. ރަށުގެ ފެންވަރުގެ ގިނަ މުބާރާތްތަކެއް ކުޅުމަށް ފަހު ހުޒާމް ވަނީ މިނިވަން ޗެމްޕިއަންޝިޕް 2017 ވަނަ ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ނެރުނު ޓީމުން ޖާގަ ހޯދާފަ އެވެ. އަދި އެމުބާރާތުގައި އޭނާ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލާފައިވެ އެވެ.

ހުޒާމް ނޫކުލައިގެ ޖާޒީގަ، މިނިވަން ޗެމްޕިއަންޝިޕްގެ ތެރެއިން–

މިމަހު 18 ން 27 އަށް ބޫޓާންގައި ބާއްވާ މިމުބާރާތުގައި 19 އަހަރުން ދަށުގެ ޓީމު ފުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު އެވެ. މިމުބާރާތް ރާއްޖޭއިން ނަގާފައިވާ ސްކޮޑްގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355