twitterviber whatsapp telegramfacebookyoutube instagram
16th December 2025

ދުނިޔޭގެ އެންމެ ދުވަސްވީ ޕެންޑާ މަރުވެއްޖެ

Sep 14, 2017

ޗައިނާގެ ފެންޑާ ފެސިލިޓީގައި ހިފައިގެން މިހާތަނަށް ގެންގުޅު ދުނިޔާގެ އެންމެ މުސްކުޅި ޕެންޑާ މަރުވެއްޖެ އެވެ.

ބާސީ ނަމަކަށް ކިޔާ މި ޕެންޑާ އަކީ އޭތީގެ އުމުރުން 4 ނުވަތަ 5 އަހަރުގައި ފެންޑާ ފެސިލިޓީއަށް ގެނެވުނު ޕެންޑާ އެކެވެ. އުމުރުން 37 އަހަރުގައި ބާސީ މިއަދު މަރުވެފައިވާއިރު ޗައިނާގެ ސްޓޭޓް ޓެލެވިޒަން އިން ވަނީ ބާސީގެ މެމޯރިއަލް ލައިވްކޮށް ގެނެސްދީފައެެވެ.

ސްޓްރެއިޓްސް ޖައެންޓް ޕެންޑާ ރީސާޗްގެ އެންޑް އެކްޗޭންޖް ސެންޓަރުގެ އޮފިޝަލަކު ބުނީ ބާސީ މަރުވެފައިވަނީ މިއަދު ހެނދުނު 8:50 ކަމަށާއި ބާސީ ވަނީ މެސްކޮޓް ގައި 1990 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސް ގައި ބައިވެރިވެ އެންމެ ހައިރާން ކޮށްލާފަ ކަމަށެވެ.

އަަދި އޮފިޝަރ ބާސީ ސިފަ ކުރީ އެންމެންނާއި ގުޅޭ އެކުވެރިއެއްގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355