twitterviber whatsapp telegramfacebookyoutube instagram
15th July 2026

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވީ އެންމެ ފަރާތްތަކުން

Sep 14, 2017

އޮކްޓޯބަރުމަހު ފެށުމަށް އިއުލާންކޮށްފައިވާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތް ހޯސްޓްކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވިއިރު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތްތަކުން ކަމަށް އެކައުންސިލް ބުނެފި އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން، އަތޮޅުގެ ރަށު ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށްވެސް ހޯސްޓްކުރުމުގެ ފުރުސަތު އޮތެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ކޭއޯއަށް ވިދާޅުވީ ހޯސްޓްކުރުމަށް ހުޅުވާލި މުއްދަތު މިއަދަށް ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައިވާ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ޖަމްއިއްޔާއިން އެކަނި ކަމަށެވެ.

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް އޮކްޓޫބަރު މަހު ބާއްވަނީ

އާތިފް ވިދާޅުވީ އެންމެ ފަރާތްތަކުން ޝައުގުވެރިކަންފާޅުކޮށްފައި އޮތުމުން އަލުން މުއްދަތު އިތުރުކުރާނީ ތޯ ނުވަތަ އެފަރާތްތަށް ހަވާލުކުރާނީ ތޯ ނިންމާނީ އާދިއްތަ ދުވަހު ކަމަށެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާ ތެރޭގައި ހުޅުވާލާނެކަމަށް ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355