twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަށް އަލުން ހުޅުވާލައިފި

Sep 18, 2017

އޮކްޓޯބަރުމަހު ފެށުމަށް އިއުލާންކޮށްފައިވާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތް ހޯސްޓްކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެންމެ ފަރާތްތަކުން ޝައުގުވެރިކަންފާޅުކޮށްފައި އޮތުން އަލުން ހޯސްޓްކުރުމަށް ހުޅުވާލައިފި އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން، އަތޮޅުގެ ރަށު ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށްވެސް ހޯސްޓްކުރުމުގެ ފުރުސަތު އޮތެވެ. ހޯސްޓްކުރުމަށް ހުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ޝައުގުވެރިކަންފާޅުކޮށްފައިވަނީ ސޮސައިޓީ ކުޅުދުއްފުށީ ޔޫތް (ސްކައި) އެވެ.

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވީ އެންމެ ފަރާތްތަކުން

ހޯސްޓްކުރުމުގެ މުއްދަތު އަލުން ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހާ ހަމައަށެވެ.

މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ އަތޮޅު ކައުންސިލްގެ ފޯނު ނަންބަރު 6521100 އާ ގުޅުއްވުމުން ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355