ކުޅުދުއްފުށީ ބާސްކެޓް ބޯލް ކްލަބު (ކޭބީސީ) ބޭއްވި އިންޓަރ އޮފީސް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެނުންގެ ބައިގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޮލިސް ހޯދިއިރު އެމުބާރާތުގެ އަންހެނުންގެ ބައިން ޗެމްޕިއަންކަން ހޯދީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.
ޕޮލިސް ޗެމްޕިއަންކަން ހޯދީ އަފީފުއްދީން ސްކޫލު އަތުން 62 – 57 ޕޮއިންޓްގެ ހަނި ތަފާތަކުން މޮޅުވެގެންނެވެ. އަދި އަންހެނުންގެ ބައިން ހދ އޭއީސީ ކާމިޔާބުކުރީ ދިރާގު ބަލިކޮށް 39 – 15 ގެ ބޮޑު ތަފާތަކުންނެވެ.
މިމުބާރާތުގައި ފިރިހެނުންގެ ބައިން އެންމެ މޮޅު 5 ކުޅުންތެރިންނަކީ:
އަފީފުއްދީން ޓީމް/ ހިރޯކި އޮނުމާ
އަފީފުއްދީން ޓީމް/ މުހައްމަދު ހަސަން
އަފީފުއްދީން ޓީމް/ މުހައްމަދު އިހްސާން
ޕޮލިސް ޓީމް/ މުހައްމަދު ހަސަން
ޕޮލިސް ޓީމް/ އަހުމަދު އައުޝަން އެވެ.
ފިރިހެނުންގެ ބައިން އެންމެ ގިނަ ޕޮޓް އަޅާފައިވަނީ އަފީފުއްދީން ޓީމްގެ ހީރޯ އެވެ. އޭނާ 135 ޕޮއިންޓް ހޯދާފައިވެ އެވެ. ފިރިހެނުންގެ ބައިން އެންމު އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުމަދު އަލީ އެވެ.
އަންހެނުންގެ ބައިން އެންމެ މޮޅު 5 ކުޅުންތެރިންނަކީ:
އޭއީސީ ޓީމް/ މިންނާ ހަސަން
އޭއީސީ ޓީމް/ ރާޝިދާ މޫސާ
އޭއީސީ ޓީމް/ ސަނާ ހުސެއިން
އޭއީސީ ޓީމް/ ނަރީމާ އަބުދުއްރަހުމާން
ހޮސްޕިޓަލް ޓީމް/ ސާދުނާ އިބުރާހީމެވެ
އަންހެނުންގެ ބައިން އެންމެ ގިނަ ޕޮޓް އަޅާފައިވަނީ އޭއީސީ ޓީމްގެ ރާޝިދާ މުސާ އެވެ. އޭނާވަނީ 54 ޕޮއިންޓް ހޯދާފަ އެވެ. މިބައިން އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ދިރާގު ޓީމްގެ މުޒްނާ އެވެ.
ކޭބީސީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެނުންގެ ބައިން ޗެމްޕއަންކަން ހޯދި ޕޮލިސް ޓީމް–
މިއީ ކޭބީސީ ކުރިއަށްގެންދިޔަ ފުރަތަމަ އިންޓަރ އޮފީސް ބާސްކެޓް ބޯޅަ މުބާރާތެވެ. މިމުބާރާތުގެ މެޗުތައް ކުރިއަށްގެންސްފައިވަނީ ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގަ އެވެ.