twitterviber whatsapp telegramfacebookyoutube instagram
29th March 2024

އައިއޯއެސް 11 ގެ ބައެއް ފީޗާސްތައް

Oct 1, 2017

އައިއޯއެސްއަށް އެޕަލް އިިން އެންމެ ފަހުން ދޫކުރި އައިއޯއެސް 11 އަޕްޑޭޓް ކޮށްލައިފި ނަމަ ގިނަ ބަދަލުތަކެއް ފެނިގެންދާނެއެވެ.

އައިއޯއެސް 11 ގެ ބީޓާ ވާޝަން ޖޫން 5 ގައި ރިލީޒްކުރި ނަމަވެސް މިމަހުގެ 19 ވަނަ ދުވަހު ވަނީ ފައިނަލް ވާޝަން ރިލީޒްކޮށްލާފައި އެވެ. ކުރިއަށްވުރެ ތަފާތުވެފަ، މިހާރު ގިނަ އެފްތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ފޭސްޓައިމް އިން ސްކްރީންޝޮޓްސްތައް ހައިވްކޮށް

ފޭސްޓައިމްއޭ ބުނުމުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް އިނގޭނެއެވެ. އެއީ އޮންލައިކޮށް އެހެން އައިފޯން އަކަށް ވީޑިޔޯކޯލް ކޮށްލުމެވެ. އެގޮތުން ފޭސްޓައިމްއަށް ގައި ނަގާލެވޭ ސްކްރީންޝޮޓްތައް މިހާރު ލައިވްކޮށްވެސް ނަގާލެވޭނެއެވެ.

ލޮކްސްރީންއިން ނޯޓްސްއަށް ވަދެވޭނެ

ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ލިޔެލަށް ޖެހިއްޖެނަމަ ދެން ފޯނު އަންލޮކް ކުރާކަށް ނުޖެހޭނެއެވެ. ލޮކްސްރީންއިންވެސް ނޯޓްއަށް ވަދެވޭނެ އެވެ. މީތި އެކްޓިވޭޓް ކޮށްލުމަށް ސެޓިން އަށްގޮސް ނޯޓް އަށްވަދެ އެކްސެސް ޓު ލޮކްސްރީން އޮން ކޮށްލާށެވެ.

ފޯނުގެ ސްޓޯރޭޖް އޮޓޮމެޓިކުން އިތުރުވޭ

ފޯނުގެ ސްޓޯރޭޖް ކިތަށްމެ ބޮޑު ނަމަވެސް ގިނަ ފަހަރަށް އޮންނަނީ ފޯނަށް އެޅޭ ކުނި އެޕްތަކެއްގެ ސަބަބުން ސްޓޯރޭޖް އޮންނަނީ ފުރިފައެވެ. އެހެންކަމުން މިކަމަށްވެސް މިއޮތީ ހައްލެކެވެ. ސެޓިންއަށްގޮސް އައިފޯން ސްޓޯރޭޖްއަށްވަދެ އޮފްލޯޑް އަންޔޫސްޑް އެޕް އޮން ކޮށްލާށެވެ. އެކްޓިވޭޓް ކޮށްލުމުން ސްޓޭރޭޖް މަދުވުމުން ބޭނުންނުކުރާ އެޕްތައް ފުހެލާނެއެވެ. ނަމަވެސް އެ އެޕްގެ ޑާޓާ ހުންނާނީ ފޯނަށް ރައްކާކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355