twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެމްއެމްއާރްއޭ ޑްރެގް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ދުއްވުންތެރިން ރަންވަނަތަކެއް ހޯދައިފި

Oct 3, 2017

އެމްއެމްއާރްއޭ ޑްރެގް ޗެމްޕިއަންޝިޕް 2017 ގައި ކުޅުދުއްފުށީ ދުއްވުންތެރިން ރަންވަނަތަކެއް ހޯދައިފި އެވެ.

މި ނިމިދިޔަ ހަފްތާގެ ބަންދު ދެ ދުވަހު ހުޅުމާލޭގައި ކުރިއަށްދިޔަ މި މުބާރާތުގައި ކުޅުދުއްފުށީގެ ދުއްވުންތެރިން ބައިވެރިވި ހުރިހާ އިވެންޓަކުންވެސް އެއް ވަނަ އަދި ދެ ވަނަ ވަނީ ހޯދާފަ އެވެ.

އަންޑާ ބޯން އޯޕަން އިވެންޓްގެ އެއް ވަނަ ހޯދާފައިވަނީ ޓީމް މޮޓޯރައިޒް ގެ މުހައްމަދު އަލީ (ކުދި ބޭޑް) އެވެ. އަދި މި އިވެންޓުން ދެވަނަ ހޯދާފައިވަނީ ބީސްޓް ކުރޫ ގެ މުހައްމަދު ހުމާމް އެވެ.

މި މުބާރާތުގައި ވާދަކުރި ބީސްޓް ކުރޫގެ ޓީމް – ފޮޓޯ: އައްބެ

އަންޑާ ބޯން 135 ގެ އިވެންޓުން އެއް ވަނަ ހޯދާފައިވަނީވެސް މުހައްމަދު އަލީ އެވެ. އަދި ދެވަނަ ހޯދާފައިވަނީ ބީސްޓް ކުރޫގެ  ހުސައިން އަހުމަދު އެވެ.

އަންޑާ ބޯން 150 ގެ އިވެންޓުން ބީސްޓް ކުރޫގެ މާޖިދު ސަމީރު އެއްވަނަ ހޯދިއިރު ދެވަނަ ހޯދާފައިވަނީ ބީބްރޯސް ގެ ހަސަން ފަޔާޒް އެވެ.

ބީސްޓް ކުރޫއަކީ މިހާތަނަށް ކުޅުދުއްފުށިން މާލެއަށް ރޭސް ޖެހުމަށް ދިޔަ ހަމައެކަނި ޓީމް އެވެ. މުހައްމަދު އަލީއަކީ މާލެއަށް ނިސްބަތްވާ ޓީމެއްގައި ހިމެނޭ ދުއްވުންތެރި އެކެވެ. އެންމެ ފަހުން ކުޅުދުއްފުށީގައި ނިމިދިޔަ މޮޓޯ ސައިކަލު ރޭސް ޖެހުމުގެ އިވެންޓްކަމުގައިވާ މިސްޓާ ޝޯ ޑައުން އިވެންޓްގެ މިސްޓާ ޝޯ ޑައުން ކަންވެސް ހޯދާފައިވަނީ މުހައްމަދު އަލީ އެވެ.

މި މުބާރާތުގައި 50 އަށްވުރެ ގިނަ ދުއްވުންތެރިން ބައިވެރިވެފައިވާއިރު އަންޑާ ބޯން ކެޓަގަރީގައި 27 ދުއްވުންތެރިން ވަނީ ވާދަކޮށްފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355