twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަޢުލީމީ މަރުކަޒުގެ ކިޔަވާކުދިންގެ ގުޅުން 2011 ވަނައަހަރަށް އިފްތިތާހުކޮށްފި

Feb 16, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔަވާ ކުދިންގެ ގުޅުން ޖަމިއްޔާ މިއަހަރަށް، އިފްތިތާހު ކުރުމަށް އިއްޔެ ހަވީރު އެސްކޫލުގެ ހޯލުގައި ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ  ޕީޓީއޭގެ ނައިބް ރައިސާ އައިމިނަތު ގާސިމް ޝަރަފްވެރިކޮށްދެއްވިމިޖަލްސާ ފެށިގެން ދިޔައީ ޖަމްއިއްޔާގެ ނައިބު ރައީސް އަހްމަދު އިބްރާހިމްގެ ގުރުއާންކިޔެވުމުންނެވެ.

މިޖަލްސާގައި ޝަރަފްވެރި މެހެމާނާ ދެއްކެވި ވާހަކައިގައި  ކީރިތި ރަސޫލާގެ އީދުމީލާދީ ދުވަހަކީ ކޮންމެ ކިޔަވާ ކުއްޖަކު ދަސްކުރަން ޖެހޭނެ ދުވަހެއްކަމަށާއި އެއީ އިންސާނާ އުޅެންވީގޮތާއި ނޫޅެންވީ ގޮތާއި ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ވަރަށް ރަގަޅަށް އިސްލާމީ އުއްމަތަށް ދެއްކެވީ ކީރިތި ރަސޫލާ ކަމަށް ވާތީ އެދުވަސް ވަރަށް ރަނގަޅަށް އެގެންޖެހޭނެކަމަށެވެ. އަދި ކޮންމެ ކިޔަވާ ކުއްޖެއްވެސް އަދި ކޮންމެ ބެލެނިވެރިއެއް ވެސް، އަދި ޓީޗަރުންވެސް އެކަލޭގެފާނުގެ ނަމޫނާ ނަގައިގެން އަމަލުތައް ސީދާމަގަށް ގެންދިއުމަށް އާއަޒުމްތަކެއް ކަނޑައަޅަން ޖެހޭނެކަމަށް ނަސޭހަތްތެރިވިއެވެ.

މިޖަލްސާގައި އަލަށް މިއަހަރު މިޖަމްއިއްޔާގެ ޓެގްކޮޅު ލިބުނު ކުދިންނަށް ޓެގުކޮޅު ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހެމާނާއެވެ.

މިޖަލްސާގައި ކީރިތިރަސޫލާގެ އީދުމީލާދީ ދުވަހާއި ގުޅޭ ގޮތުން  އެސްކޫލުގެ އިސްލާމް މުދައްރިސް އާދަމް ހުސެއިންވެސް ވާހަކަ ދެއްކިއެވެ. އަދި ޖަލްސާގައި އެސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދުވެސް ވާހަކަ ދެއްކިއެވެ.

މިޖަލްސާގައި އެޖަމިއްޔާގެ ކުދިން  ދުވަހާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ މަދަހެއްވެސް ހުށަހަޅައި ދިނެވެ. މިޖަލްސާގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ ސީނިއަރ ދަރިވަރުން ބައިވެރިވެފައި ވެއެވެ.

[fpg id=”1297804984_514x598_Kiyavaa-kudhinge-Gulhun.xml”]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355