twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހދ އަތޮޅު ފުޓްްބޯޅަ މުބާރާތުގައި 9 ޓީމަކުން ބައިވެރިވެއްޖެ

Oct 8, 2017

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި 9 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ކުޅުދުއްފުށިން ތިން ޓީމަކުން ވަނީ މިމުބާރާތުގައި ބައިވެރިވެފަ އެވެ. އެއީ ހިރަފުސް، ޒިގްޒެގް އަދި ކޮރަލްސް އެވެ. މީގެ އިތުރުން ނޮޅިވަރަމްގެ ކްލަބް ތިލަދުންމަތި ބައިވެރިވެފައި ވާއިރު ދެން ބައިވެރިވެފައިވަނީ ކައުންސިލްތަކުންނެވެ. އެއީ ހަނިމާދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނައިވާދޫ އަދި ހިރިމަރަދޫ އެވެ.

ހދ އަތޮޅުގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން މިމަހު 20 ފަށާ މިމުބާރާތް އޮންނާނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355