twitterviber whatsapp telegramfacebookyoutube instagram
30th August 2026

އަންހެން ފުޓްސަލް މުބާރާތުގައި 8 ޓީމުން ބައިވެރިވެއްޖެ

Oct 18, 2017

ޑަބުލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި 8 ޓީމަކުން ބައިވެރިވެއްޖެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވެފައިވާއިރު ބައިވެރިވެފައިވަނީ ހަމައެކަނި ކުޅުދުއްފުށީގެ ޓީމުތަކުންނެވެ. އެއީ ޓީމު ވިކިންޖްސް، އޭޑީކޭ ސީސީ، ކޭވައިއާރުސީ، ޓީމު ބިއާޑް، ޓީމު ޕީޓީއެސް، އަމީރު އަމީން ސްކޫލު، އަފީފުއްދީން ސްކޫލު އަދި އޭއީސީން އެވެ.

ނަސްރު ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބާއްވާން މުބާރާތްތަކެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ގަ އެވެ. މެޗުތަށް ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގަ އެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބުނީ މިމުބާރާތުގެ މަގުސަދަކީ އަންހެނުން ބޭފުޅުންގެ މެދުގައި އެކުވެރިކަމާ ކުޅިވަރުގެ ރޫޙް އާލާކުރުމާއި ފުޓްސަލްއަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިންތަކެއް އުއްފެދުން ކަމަށެވެ. އަދި ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިން އެއްތަނަކު ބައްދަލުވެ އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމާއި ވާދަވެރި މުބާރާތެއްގައި ކުޅެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތަކާއި ފައިނަލު މެޗު ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ޔޫޓިއުބް ޗެނަލްއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު އެ އެކަޑަމީގެ ފޭސްބުކް ޕޭޖުންވެސް ލިބޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355