twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކުރިނބީގެ މައްޗަށް ކޮރަލްސް އިން ކުރި ހޯދައިފި

Oct 23, 2017

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް 2017 ގައި ކުލަބް ކޮރަލްސް އިން ކުރިނބީގެ މައްޗަށް 4-1 އިން ކުރިހޯދައިފި އެވެ.

މިއަދުގެ މެޗުގައި ކުލަބް ކޮރަލްސް އިން ލީޑު ނެގީ މެޗުގެ 2 ވަނަ މިނެޓްގައި މުހައްމަދު ނައުޝާދު (ނައުޓީ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ނައުޓީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ފުޅާ ކޮށްފަ އެވެ.

މި ލަނޑާއެކު ކުރިނބީ އިން ވަނީ ކުޅުން ރަގަޅުކޮށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެގޮތުން އެ ޓީމުން ވަނީ ކުލަބް ކޮރަލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާލާފަ އެވެ.

ފަހު ހާފު ކުރިނބީ ޓީމުން ރަގަޅަށް ފެށިއިރު އެ ޓީމުން ވަނީ ފަހު ހާފުގެ ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް އުއްމީދު އާ ކޮށްފަ އެވެ. ނަމަވެސް ކުލަބް ކޮރަލްސްގެ ފަތުހުﷲ އާދަމް (ފައްތެ) ވަނީ ކައިރި ކައިރީގައި ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ.

ކުލަބު ކޮރަލްސް އަށް ފަރަޤު ބޮޑުކުރަން އިތުރު ފުރުސަތުތައް ލިބިފައިވާއިރު، އެ ޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފަ އެވެ. އަސްވަދު ރަޝީދު (އަސްލޭ) ފޮނުވާލި މި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލަބް ކޮރަލްސްގެ ޖާޒީ ނަންބަރު 19 މުހައްމަދު ނައުޝާދު އެވެ.

މިއަދު މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހިރިމަރަދޫ އަދި ހަނިމާދޫ އެވެ. މި މެޗު ފެށޭނީ 15:50 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293