twitterviber whatsapp telegramfacebookyoutube instagram
30th August 2026

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ، އެސްޓީއޯ ބަށި ބޯޅަ މުބާރާތް ނޮވެމްބަރުގައި

Oct 26, 2017

އެސްޓީއޯ އިން އިންތިޒާމްކޮށްގެން ބާއްވާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް ނޮވެންބަރ މަހު ބޭއްވުމަށް ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މިއީ ބަށި ބޯޅަ މުބާރާތް ބާއްވާ ފަސްވަނަ އަހަރު ކަމަށާއި މިއަހަރު މިމުބާރާތް އިންތިޒާމްކޮށް ހިންގާނީ ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަންއިން ކަމަށެވެ.

ނޮވެމްބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން ޗެމްޕިއަން ޓީމަށް 100,000/- (އެއްލައްކަ ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހެޅިފައިވާ ކަމަށެވެ.

ދެވަނަ ޓީމަށް 50,000/- (ފަންސާސްހާސް ރުފިޔާ) އަދި ތިންވަނަ ޓީމަށް 25,000/- (ފަންސަވީސްހާސް ރުފިޔާ) ގެ އިތުރުން ފެއަރޕްލޭ ޓީމަށް 10,000/- (ދިހަހާސް ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހެޅިފައިވާ ކަމަށާއި މީގެ އިތުރުންވެސް މުބާރާތުގެ އެކިއެކި ވަނަތައް ހޮވުމަށްވަނީ ހަމަޖެހިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މާދަމާއިން ފެށިގެން 16 ނޮވެމްބަރ ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ގަވައިދު ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަންއިން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355