twitterviber whatsapp telegramfacebookyoutube instagram
14th September 2026

ހިރިމަރަދޫއިން ނައިވާދޫ ބަލިކުރުމުން ހަނިމާދޫއަށް ސެމީގެ ޖާގަ ޔަޤީންވެއްޖެ

Oct 27, 2017

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ހިރިމަރަދޫއިން 3-1 އިން ކާމިޔާބުކުރުމުން ސެމީގެ ޖާގަ ހަނިމާދޫއަށް ޔަޤީންވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗު ހިރިމަރަދޫއިން 3-1 ކާމިޔާބުކުރިއިރު ހިރިމަރަދޫގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިމަރަދޫ ޓީމުގެ ޖާޒީ ނަންބަރު 8 މޫސާ ޖަލީލް އެވެ.

ގުރޫޕް އޭ ގެ ހުރިހާ މެޗެއް ނިމުނުއިރު އެއްވަނާގައި އޮތީ 4 ޕޮއިންޓާއެކު ހަނިމާދޫ އެވެ. ހަނިމާދޫ ސެމީގައި ބައްދަލު ކުރާނީ ގުރޫޕް އޭ ގެ އެއްވަނައަށް ހޮވޭ ޓީމަކާ އެވެ. ގުރޫޕް އޭ ގެ ދެވަނަ ހިރިމަރަދޫއަށް ލިބުނީ ތިން ޕޮއިންޓާއެކު އެވެ. އެ ޓީމަށް އެއްވެސް ފައިދާ ގޯލެއް ލިބިފައެއް ނުވެ އެވެ. ގުރޫޕްގެ ފުލަށް ދިޔަ ނައިވާދޫ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މިއަދު މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސްކައި އަދި ޒިގްޒެގް އެވެ. މެޗު ފެށޭނީ 15:50 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293