ކަނބުލޮ ކޮލަމް – މަހާޖައްރާފައެވެ. ހިއްކެން އޮތްތަނެއް ހިއްކާލައި ނިކަން ކުޅި ދައްކާލާށެވެ.

ކުޅުދުއްފުށި އޮންލައިން - 11 މަސް ކުރިން - 27 އޮކްޓޯބަރ 2017


މަހާ ޖައްރާފު ކުޅުދުއްފުށީގައި ބަނދަރުކޮށްފައި-- ފޮޓޯ: ވާހިދު/ކޭއޯ

ކުޅުދުއްފުށީ ކަނބުލޮ 

ރާއްޖެއަކީ މޫސުމީ ރޯގާ ގިނަ ގައުމެކެވެ. މީގެ ތެރެއިން ގިނަ ރޯގާތަކަކީ އެއަށް ބޭހެއް ނެތް ނަމަވެސް ނިކަން އަވަހަށް ފިލައިގެންދާ ރޯގާ ތަކެކެވެ. މިހާރު ފެތުރިގެން މިއުޅެނީ ކުޅި ރޯގާއެވެ. ކުޅުދުއްފުށީ ކުޅި ރޯގާއެވެ. ދެމީހަކު އެއްތަން ވިޔަސް ކުޅީގެ ވާހަކައެވެ. ސޯޝަލް މީޑިއާގަވެސް މިރޯގާއެވެ. ނޫސްތަކުގައިވެސް މިރޯގާއެވެ. ތިމާވެށީގެ މާހިރުންވެސް ހާދަހާވާ ގިނައޭ ހިތަށް އަރައެވެ. އަދި މާހިރުންނަށް ނުވިޔަސް ތިމާވެށިދެކެ ލޯބިވާ އާންމު ފަރުދުންވެސް އަޖައިބުވާހާ ގިނައެވެ. އަޖައިބު ވާނެތާއެވެ. ބޭނުން މީހަކު ގޮސް ކުނި އަޅަން ނުވަތަ ކުރެވުނު ކަމެއް ކުރަން އޮތް އެ ކުޅީގައިވާ ދިރުންތަށް ނެތިދާނެތިން މިއޮތްގެން އަވަދި ވަނީއެވެ. ތިމާވެށިދެކެ ލޯބިންނެވެ. ތިމާވެށިދެކެ ލޯބިން އެއް ކިލޯ މީޓަރު ހަމަ ނުވާ ތަނެއްގައިވެސް އިންޖީނުލީ އުޅަނދުފަހަރުގައި ރޭސް ޖެހުމަކީ އަދި މުޅިން އެހެން ކަމެއްތާއެވެ. ފުއްޕާމޭ ވިހަ ދުމުން ފުރިފައި ތިއްބަސް މިފަހަރު ވާނީ ހަމަ މި ކުޅި ހިމާޔަތް ކުރާށެވެ. އެހެންނޫނީ އެކި މޫސުމަށް އެއަންނަ ދޫނިތައް ތިރިކުރާނީ ވަކި ކޮންތާކަށް ހެއްޔެވެ؟

މި ރޯގާއާއެކު އަދި އެހެން ކަމެއް ވެސް ފާހަގަ ކުރެވިއްޖެއެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ “މާލޭ” މީހުން މާ ގިނަވެއްޖެއެވެ. ދުވަހަކު ކުޅުދުއްފުށީގެ ވެލީގައި ފައި ނުޖެހޭ މީހުންވެސް ބައްޕަ ފަރާތު މާމަ ނުވަތަ މަންމަ ފަރާތު ދޮން ކާފައަކީ ކުޅުދުއްފުށީ މީހަކަށް ވެއްޖެއެވެ. ބޮޑު ދައިތަ ކައިބޮއި ހަދަނީ ކުޅީގައި ފާކުރާ ބޮނބިން ވަށާ ރޯނުން ކަމުގައިވެސް ވެއްޖެއެވެ. ދެވަނަ ދެކަމެއް ނޫނެވެ. ރަށަށް އޮތް ލޯތްބަކުން ރަށުގެ ފަޚުރު ކަމުގައިވާ ކުޅި ހަލާކު ކޮށްލަފާނެތިން ރަށު ދަރިއެއްގެ ހައިސިއްޔަތުން ބަސް އިއްވުމަށްޓަކައެވެ. ކުޅުދުއްފުށީ މީހުން ” ނާތަހުޒީބު” ކަމުން މީގެ ކުރިން ކުޅުދުއްފުށީ މީހެކޭ ބުނަން ލަދުގަތަސް ވަރިހަމަތާއެވެ.

އަނެއްކާ އަނެއް ހަކަންތަކެވެ. އެތައް ބައެއްގެ ރިޒުޤުވެސް މިއޮއް ބަންދު ވީއެވެ. ކުޅީގައި ބޮނބިފާ ކުރަމުން އަންނަ މީހުންނަށް އެ ދޮރު ބަންދުވިއެވެ. އެންމެ މީހެއްގެވެސް ރިޒުގުގެ ދޮރު ބަންދުވުމަކީ ދެރައެކެވެ. އެކަމަކު ބޮނބިފާ ކުރުމަށް ކުޅި ބޭނުން ކުރުމުން ކުޅިއަށް ގެއްލުމެއް ނުވާނެ ހެއްޔެވެ؟ މިސާލަކަށް ނުވަނީއޯލައެވެ. އެހެންވިއްޔާވެސް ކުޅުދުއްފުށީގެ އެ ފަޚުރުވެރި މަސައްކަތް ކުރަންވީ މީގެ ގަރުނެއްގެ ކުރިން ނުވަތަ ލަފާކުރެވޭ ގޮތުގައި އެއަށްވުރެވެސް ކުރިން އެމަސައްކަތް ކުރަމުން އައި ބޯދާ އުސޫލަށް ހެއްޔެވެ؟ ބޮނބިފާ ތަކުން ތަޣައްޔަރުވެފައިވާ ފެނުގެ މުސީބާތް ޖެހިފައިވާ އެތައް ސަތޭކަ ރައްޔިތުންގެ ތަކުލީފު މިއުޅޭ މާހިރުންނަށް ނޭނގި އޮތުމަކީ މާ އަޖައިބު ކަމެއް ނޫނެވެ.

އަދި ފައްކާ “އުޒުރެކެވެ”. ކުޅުދުއްފުށީ ކުޅިއަކީ ފަތުރުވެރިކަން ކުރިއެރުވޭނެ ތަނެކޯލައެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ވީފަހުން ބައި ގަރުނާ އަރާ ހަމަވާއިރު ހދ ގައި ފަތުރުވެރިކަމުގެ އެންމެ އޮށެއްވެސް ނުފަޅައިގެން މިއުޅެނީ މި ކަހަލަ ރީތި ޤުދުރަތީ ވަސީލަތްތައް މިއަތޮޅުގައި ނެތީމާ ހެއްޔެވެ؟ ކުޅުދުއްފުއްޓާއި ނުވަތަ ހދ އަތޮޅާއި ގުޅުވައިގެން ފަތުރުވެރިކަމުގެ ނަންވެސް ނުގަންނާށެވެ. ތިޔަ ކުރެވެނީ މަލާމާތެވެ.

ދެން އޮތީ ތިމާވެށީގެ މާހިރުންގެ ޢިލްމީ ބަހުސްއެވެ. ކުޅިން ލިބޭ ޤުދުރަތީ ފައިދާތަކެވެ. މީގެ ތެރޭގައި ފެން ބޮޑުވުމުގެ ފުރުސަތު ކުޅީގެ ސަބަބުން ކުޑަވުމާއި ފެން ލޮނުވުމުން ސަލާމަތް ކޮށް ދިނުން ފަދަ ވަރަށް ގިނަ ކަންތައްތަކެއް ހިމެނެއެވެ. ދެބަހެއް ނުވަމެވެ. އެންމެ ގަހެއް ކަނޑާލުމަކީވެސް ތިމާވެއްޓަށް ދެވޭ އަނިޔާއަކަށްވާއިރު އެކި ކަހަލަ ގަސްގަހާއި ދިރުންތައް ހިމެނޭ ކުޅިއެއް ހިއްކުމަކީ ތިމާވެއްޓަށް އޭގެ ގެއްލުންނުލިބި ނުދާނޭ ކަމެކެވެ. އެކަމަކު އެއާއެކުވެސް ބުނަން އޮތީ އެ ތަނުން ގިނަ ކަންތައްތަކަށް ހައްލު ލިބޭނޭ އެހެން ގޮތްތައް ތަރައްޤީއާއެކު ގެނެވޭނެ ކަމެވެ. ރާއްޖޭގައި ކުޅިއެއް ހިއްކައިގެން މަޝްރޫޢެއް ހިންގަން އުޅޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ފަހަރުގައި އައްޑޫގައި ހުރި ކޮންވެންޝަން ސެންޓަރު އަޅަން ކުޅިއެއް ހިއްކި އިރު ތިމާވެށީގެ މާހިރުން ތިބީ ނިދިޖެހިފާތޯޗެކެވެ.

ތަރައްޤީއަކީ ޤުދުރަތީ ވަސީލަތްތައް ހަލާކު ކޮށްފައި ގެންނަ އެއްޗަކައް ވެގެން ނުވާނެއޭ ބުނާ ބުނުމާވެސް އެއްބަހެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު އާބާދީއާއި އެކަށީގެންވާ ބިން ނެތް ރަށެކެވެ. އެކި ކަންކަމާހެދި ބިން އިސްރާފުވެފައި އޮތުމަކީ އަދި މުޅިން އެހެން ކަމެކެވެ. އަލަށް ގެވަޅު ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތެއް ނެތެވެ. ސިނާއީ ނުވަތަ އިޤްތިޞާދީ މަސައްކަތެއް ކުރާނެ ބިމެއް ނެތެވެ. (ރަށުގެ ހުޅަނގު ފަރާތުގައި އެއްވެސް ޕްލޭންއެއް ނެތި ހިއްކާފައިވާ ބިމެއް ނެތް ވާހަކައެއް ނޫނެވެ). އެއާޕޯޓް އެޅިޔަސް ނުވަތަ ނޭޅިޔަސް ކުޅުދުއްފުށީގައި ހަމަ ބިމުގެ ދަތިކަން ނެތީ ހެއްޔެވެ؟

ކުރުކޮށް ބުނަންޏާ ނިސްބަތުން މުޅި ރަށުގެ ބޮޑުބައެއް ހިއްސާކުރާ ކުޅި ބާއްވައިގެން ތިބެވޭކަށް ނެތެވެ. ރަށުގެ ދެކުނު ފަރާތުގައި އޮތް މާފަލު ފެންގަނޑު ބާއްވައިގެން ތިބި ނަމަ އަފީފުއްދީން ސްކޫލް ވެސް ނެތީހެވެ. ނުވަތަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުރިތާ އޮތް ރުއްދަނޑު ބާއްވައިގެން ތިބިނަމަ ހޮސްޕިޓަލްވެސް ނެތީހެވެ. ދެން ސުވާލަކީ ކުޅި ހިއްކުން ނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ ޖަވާބަކީ އިންސާނުންގެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީ ކުރަން ކުރާ ކޮންމެ ކަމަކުން ތިމާވެއްޓަށް ގެއްލުން ނުވެ ނުދާ ކަމެވެ. އެހެން ނަމަވެސް އެ ގެއްލުން ކުޑަ ކުރުމަށް ކަންތައްތަކެއް ކުރެވިދާނެއެވެ. މިހާރު މިތިބަ ފޯރީގައި އެއްގަމު އުޅަނދުތައް މަދުކުރުމަށް ކެމްޕެއިނެއް ފަށަން ކެރޭނެ ހެއްޔެވެ؟ ނުވަތަ ސައިކަލު ބަހައްޓާފައި ފައިމަގުގައި އުޅެން ކެރޭނެ ހެއްޔެވެ؟ ދުން ބުރުވާލާފައި ގޮސް ތަނެއްގައި ބޯޑެއް ހިފައިގެން ހުއްޓަސް އަދި އެއީ ތިމާވެށި ހިމާޔަތް ކުރެވުނީ ކަމުގައި ނުވާނެއެވެ.

ދެން އޮތީ އެންމެ ފަހު ވާހަކައެވެ. މިހާސަރެއް ލިޔަން މި ޖެހުނީވެސް މިކަމާ ހުރެއެވެ. ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ މިހެނޭ އެހެނޭ ކިޔާފައި ހަމަ ކަމާ ނުބެހޭ މީހުން މިއޮއްގެން ވާހަކަ ދައްކަނީއެވެ. ނޫސް ތަކުގައިވެސް ލިޔަނީއެވެ. ކުޅުދުއްފުށީ މީހުން އެއާޕޯޓެއްވެސް ބޭނުމެއް ނުވެއޭ ކިޔާފާނެއެވެ. ރަނގަޅު ވާހަކައެކެވެ. އެންމެންގެ ޚިޔާލު އެއްގޮތެއް ނުވާނެއެވެ. އެކިއެކި ސަބަބުތަކާއި ހެދި ކުޅި ހިއްކުމާއި ދެކޮޅު މީހުންނާއި އެއާޕޯޓް އެޅުމާއި ދެކޮޅު މީހުންވެސް އެބައުޅެއެވެ. ޚިޔާލު ތަފާތުވުން ކޮންމެ ކަމެއްގައިވެސް ހުރެއެވެ. އެހެން ނަމަވެސް ކުޅުދުއްފުށީ މީހުންގެ ބަހޭ ބުނެ ރަށުން ބޭރު، ރަށުގެ ތަރައްޤިއާއި މެދު ނުވަތަ ރައްޔިތުންގެ ކުރިއެރުމާއިމެދު ވިސްނުމެއް ނެތް މީހުން ހަމައެކަނި ތިމާވެށި ބޯޑު އަޅުވައިގެން އަޑުއުފުލަން ފެށީމައި މިހެން މިހާސަރު ދަމަން މަޖުބޫރުވީއެވެ.

އަހަރެން އެއާޕޯޓްވެސް ބޭނުމެވެ. ދިރިއުޅޭނެ ބިންވެސް ބޭނުމެވެ. އަދި އެކި ކަހަލަ ވިޔަފާރި މަރުކަޒުތައްވެ ބޭނުމެވެ. ޤުދުރަތީ މުއްސަނދިކަން ވެސް ބޭނުމެވެ. ކުޅި ހިމާޔަތް ކޮށްފައި ބާއްވައިގެން ރަށަށް ގެންނަން ބޭނުންވާ ތަރައްޤީ ގެންނާނެ ފުރުސަތު އޮތްނަމަ ވަރަށް ފުރިހަމަ ވީހެވެ. ހަމަ އެއާއެކު ކުޅި ހިއްކާއިރު ތަރައްޤީގެ ޕްލޭންތައް ހުންނަންވާނީ ކުރެވިފައެވެ. ކުޅުދުއްފުއްޓަށް ހެޔޮއެދޭ ރައްޔިތެއްގެ ހައިސިއްޔަތުން ކުޅުދުއްފުށީގައި ބަނދަރު ކޮށްފައި އޮތް މަހާޖައްރާފަށް ބުނެލަމެވެ. މިފަހަރު ކުޅުދުއްފުށީގައި ހިއްކެން ހުރި ހުރިހާ ތަނެއް ހިއްކާލާފާ ނިކަން ކުޅި ދައްކާލާށެވެ.


ގުޅުން ހުރި ލިޔުންތައް 1. Moosa ali 11 މަސް ކުރިން
  Thimaavette kiyaigen kulhudhuffusheege tharageea huras alhan ulhey gamaaruthaka rangalhu msg thake himeney articale e .....kulhudhuffushionline in meege fahun rashuge tharaggeea huras elhidhaafadha evves liyume nugenes dheyne kama unmmeedhukuran .....we all with K online ....
 2. Foohin 11 މަސް ކުރިން
  Kulhudhuffushi hospital muaxxafun naa eky 50aharah beyirubayakah vihkaali iru mi grp ge adeh neevey... Rashah tharahgee eh libidhaane thy ulhey baeh mee.... Beyru meehun nakah nukereyne sarukarun dhemun dhiya gothah musaara dheykah... Ehen vumun rashah vahna income e madhu v ekam eyru enmen vx ah jehy... Miharu vx rashah income eh vadhedhanethy thimavehtey kiyagen mi ulheny... Hama gamaru no one
 3. 100 11 މަސް ކުރިން
  Miliyun habeys
 4. ikram 11 މަސް ކުރިން
  varah bodah eh faraathakah jehifaiva liumeh. addu convention center elhi iruves thimavehtaa behey farai thakun konmes varakah adu ufuli. ekam mihaa varakah noon. konme kameh sarukaarun kuriyas timavehtah gehlun vaa kameh nama adu ufulan jehey. kulhudhuffushi kulhi haasa vani ehme kamakah noon.. kulhi ah gehlun libun mi furathama fahareh ves noon. abadhuves thimaavehta begey faraithakun dhekolhu vane kulhi fadha than than halaaku vaa nama. maumoon zaamathuga hihki iruv adu gadhakoh hedheyne minivan kameh neh. kulhi hikathi ekanyeh ves noon kulhi nuhikashe kiyani. male dhaan domestic airport eh ekani gina bayaku beynun nuve. dhen airport eh alhaidheyn ulheythi ok vegen thibeni baeh meehun. libeytha libi gana usoolun. dhuru visnumakah dhaanama rangalhu vani international airport eh. gut huriya comment jahala dheyne.
 5. މަށިމާލި 11 މަސް ކުރިން
  މިއީ ސަތޭކައިގެ ހަބޭސް ލިޔުމެއް. މިއީ މިކަންމިވާގޮތް
 6. Mashi maali 11 މަސް ކުރިން
  Varah ves D grade article eh Ladheh nuganeytha kulhudhuffushi com kiyaafa kulhudhuhfuttaa dhekolhah habaru liyaakah dhashy dharajaige amaleh
 7. Edhuru 11 މަސް ކުރިން
  Rangalhah thi Bunee Hihken Onna Thanehviyaa Hihkanvee Kulhiige Baeh nun hihkanvee.. kuriyah onnathaa nihihkka vaanee ehnun. Air port elhyma Rashah Anna Income Hiyaalah vx nugeneveyne Klhi himaayathuga mi dhuvaa meehun ah.. mashah inge dharavandhoo ah veegoi.. emyhun vx buni airport eh hevey.. ekam mihaaru hevifa ethibenee.. eyah vure vaki ginainn flight jahsaa air port eh vx neh.. mithanah vx vaane ehenn..
 8. Engey 11 މަސް ކުރިން
  Merge kureege verikankuri 2 verinves kulhi himayathuga vaahaka dhahkan feshumun annanee amashaku hinyehnoon kulheege bodubay foruvaalee kaakutho Jamaaludheenge uthuru ameeneemagu irumathi foruvaalee kaakuge verikamehgatho
 9. އަމާ 11 މަސް ކުރިން
  ނޫސްވެރިކަމުގެ މންގަޑުން ބޭރު ޢައިރުޒިންމާދާރު އަޚްލާގީފެންވަރު ދަށް ލިއުމެއް. ރަށުމީހުންނަށް ހުތުރު
 10. Asfaam 11 މަސް ކުރިން
  meege dhethin garunu fahun ahremenge dharinah goathi nuvatha ulhebeyne bimeh nonaane thithanthaaga. kommeves dhuvahakun hijura kuran jeheyne. Rajje ahkee bi madhu thaneh alhrenege hiyaalakee bodethi shaharuthah hedheyne fadha than thanah meehun hijura kurun. uthurugai meehun dhiri ulheven othi ehmme bodu 3 farakee hoarafushi faraai makunudhoo faraai adhi lhaviyani atholhu faru. Mthan thanee hulhumaalege 5 o 8 guna bodethi than than. Economic prosperity can be achieved through sustainable development of our scare resources especially land..
 11. Muhamaa 11 މަސް ކުރިން
  Kulhin nu hiykaa baakee ohna thankolhu himaaya kurumakee enmen ge ves zimaa eh kamuga dhekigen Ethan salaamai kurumah enmenah govaalan.. Ethankolhu mooda gulhuvaigen vias ebayah fen dhauru vaane gothe hedhumakee muhinmu kameh .. Kihaa hiygaimu vaane .. Ethankolha park eh ge sifa genes .. Hiygaimu maahaulakah e sarahadhu badhalu kohlan ..