ޕުރިޔަންކާ އެކްޓަރަކަށް ނުވިނަމަ ވާނީ “އިންޖިނިއަރަކަށް”

ނަސްވާ ޙަސަން - 11 މަސް ކުރިން - 31 އޮކްޓޯބަރ 2017މިހާރު ހޮލީވުޑް ފިލްމު ކުޅެމުންދާ ޕްރިޔަންކާ ޗޯޕްޅާ އެކްޓްރެސްއެއް ނުވަތަ ލަވަކިޔުންތެރިއަކަށް ނުވިނަމަ ވާނީ “އިންޖިނިއަރަކަށް” ކަމަށް ބުނެފިއެވެ.

ޕްރިޔަންކާ މިހެން ބުނެފައި ވަނީ ޓްވީޓާގައި 20 މިލިޔަން ފޮލޯވަރުން ލިބުމުގެ އުފަލުގައި އޭނަގެ ސަޕޯޓަރުންނާއި އެކު ބޭއްވިި ސުވާލާއި ޖަވާބު ދިނުމުގެ ޝެޝަން އެއްގަ އެވެ.

ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ޕްރިއަންކާގެ ފޭނެއް ކުރި ސުވާލަކީ އެކްޓްރެސްއެއް ނުވަތަ ލަވަކިޔުންތެރިއަކަށް ނުވިނަމަ ވާނީ ކޮންކަހަލަ މީހަކަށް ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ޕްރިޔަންކާ ބުނީ، ވާނީ “އިންޖިނިއަރަކަށް” ކަމަށެވެ. އަދި އެއީ އުުމުރުން 17 އަހަރުގައި އެންމެ ކުރަން ބޭނުންވި ކަންތައް ކަމަށާއި އެކަމަކު މިހާރު އެކަހަލަ އެއްވެސް ކަމެއް ނުކުރާތީ ފަހަރެއްގައި ލިޔުންތެރިއަކަށްވެސް ވެދާނެ ކަމަށް ޕްރިއަންކާ ބުނެފައި ވެއެވެ.

ރާއްޖޭގަައި ހުންނަ ޕްރިޔަންކާގެ އެންމެ ބޮޑު ފޭން، މަޝްހޫރު ނެށުންތެރިޔާ ސުނީތާ “ދޯ” މެގެޒިން އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސުނީތާ ނެށުންތެރިއަށް ނުވިނަމަ ބައިވަރު އެއްޗެއްސަށް ވެވިދާނެ ކަމަށެވެ. އެގޮތުން އެންމެ ބޭނުންވީ ޑޮކްޓަރަކަށް، ޕޮލިސް އޮފިސަލަކަށް ނުވަތަ ގާނޫނީ ވަކީލަކަށްވާން ކަމަށާއި އެއީ ސުނީތާގެ ފަރާތުން އާންމުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެން ބޭނުންވާތީ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިވާހަކަ މި ހިމަނާލީ ޕްރިއަންކާ އެކްޓްރެސް އަކަށް ނުވަތަ ލަވަކިޔުންތެރިއަކަށް ނުވިނަމަ ވާނީ އިންޖިނިއަރަކަށް އެގުމުން ސްނީތާގެ ހިޔާލު ބަދަލުވާނެ ބާއޭ ހިތަށްއަރާފަ އެވެ.

ކުއާންޓިކޯގެ ތިންވަނަ ސީޒަންގެ ޝޫޓިންގައި މިހާރު އަވަދިނެތި އުޅޭ ޕްރިޔަންކާ ފެނިގެންދާނީ އެފްބީއައި އެޖެންޓް އެލެކްސް ޕެރިޝްގެ ރޯލުންނެވެ.

ކުއާންޓިކޯގެ އިތުރުން ޕްރިޔަންކާ ވަނީ “އިޒިންޓް އިޓް ރޮމޭންޓިކް” ނަމަކަށް ކިޔާ ފިލްމެއް ސޫޓްކޮށް ނިންމާފައި އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި އެވެ.


ގުޅުން ހުރި ލިޔުންތައް