twitterviber whatsapp telegramfacebookyoutube instagram
30th August 2026

ފައިނަލުގެ ދެވަނަ ޖާގަ ކުލަބް ކޮރަލްސް އަށް

Nov 1, 2017

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކުލަބް ކޮރަލްސް އިން ހޯދައިފި އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލު މެޗު ކޮރަލްސްއިން ކާމިޔާބުކުރީ 4-0 އިން ހިރިމަރަދޫ ބަލިކޮށްގެންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ލަނޑު ޕެނަލްޓީ އޭރިޔާ ބޭރުން ޒައިދު މުހައްމަދު (ޒައީ) ކާމިޔާބުކުރިއިރު ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު ކޮޅު ކާމިޔާބު ކުރީ މުހައްމަދު ނައުޝާދު (ނައުޓީ) އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ނައުޓީ ވަނީ ޕެނަލްޓީ އަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 3-0 އަށް ބަދަލުކޮށްލާފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ހިރިމަރަދޫ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އެކެވެ.

މި މެޗުގައި ކޮރަލްސްއިން ކާމިޔާބުކުރި ފަހު ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޒައިދު މުހައްމަދު (ޒައީ) އެވެ.

މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކުލަބް ކޮރަލްސް އަދި ކުޅުދުއްފުށީ ސްކައި އެވެ. ފައިނަލް މެޗު އޮންނާނީ މާދާމާ (ބުރާސްފަތި) ދުވަހުގެ 1545 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355