އަންހެން ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ނަގައިފި

ނަސްވާ ޙަސަން - 2 weeks ago - 2 ނޮވެމްބަރ 2017



ޑަބުލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ.

މި ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހދ އޭއީސީ ޓީއާރުސީގައި އެވެ. މި މުބާރާތުގައި ކުޅުދުއްފުށީގެ 8 ޓީމް ވާދަކުރާނެ އެވެ.

ދެ ގުރޫޕަކަަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ގުރޫޕް “އޭ” ގައި ހިމެނެނީ ޓީމް ވިކިންގްސް، އޭޑީކޭ ސީސީ، ކޭވައިއާރްސީ އަދި ބީ12 އެމްވީ އެވެ. ގުރޫޕް “ބީ” ގައި ހިމެނެނީ ޓީމް އޭއީސީ، އަމީރު އަމީން، އަފީފުއްދީން ސްކޫލް އަދި ޓީމް ބިއާޑް އެވެ.

ވުމެން ފުޓްސެލް ފީސްޓްގެ ގުރުއަތުލުމުގެ ތެރެއިން– ފޮޓޯ: ޑަބުލިއު ސްޕޯޓްސް އެކަޑަމީ

މާދަމާ ރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ވާދަކުރާނީ ޓީމް ވިކިންގްސް އާއި އޭޑީކޭ ސީސީ އެވެ. އަދި މާދަމާ ދެވަނަ މެޗްގައި ވާދަކުރާނީ ީ، ކޭވައިއާރްސީ އަދި ބީ12 އެމްވީ އެވެ.


ގުޅުން ހުރި ލިޔުންތައް