twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޑަބުލިއު ސްޕޯޓް އެކަޑަމީން ކުޅުދުއްްފުށީގައި ދުވުމެއް ބާއްވަނީ

Nov 4, 2017

ޑަބްލިއު ސްޕޯޓް އެކަޑަމީ ގެ ފަރާތުން އަންނަ އަހަރު ޖެނުއަރީ 1 ގައި ރޯޑް ރަން އެއް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޑަބްލިއު ރޯޑް ރަންގެ ނަމުގައި ކުރިއަށް ގެންދާ މިރޭހުގައި ބައިވެރިން ދުވުމަށް ހަމަޖެހިފައިވަނީ 5 ކިލޯ މީޓަރަށެވެ. މިރޭސް ކުރިއަށް ގެންދަނީ 4 ގެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 20 އަހަރުން ދަށް އަންހެން، 20 އަހަރުން ދަށް ފިރިހެން، 21 އަަހަރުން މަތި އަންހެން، އަދި 21 އަހަރުން މަތި ފިރިހެންނުންގެ ކެޓަގަރީއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާ ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ދާނީ އަމީނީމަގުން ދެކުނުން އަފީފުއްދީން ސްކޫލް ބިއްދަށު މަގުން ގޮސް ވެލިގަނޑުން މަތިން ކަނބޯރަނި ހިނގުމުން އަމީނީ މަގަށް ނިކުމެ ސްޓޭޑިއަމް ކައިރިން ނިންމާގޮތަށެވެ.

އެއް ގަނޑިއިރު ތެރޭގައި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑަލް އެއް ދިނުމަށް ހަމަޖެހިފައިވާއިރު 4 ކެޓަގަރީން ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ދާ ފަރާތަކަށް ނެޝަނަލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން 4 ކެޓަގަރީން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދާފަރާތްތަކަށް ޓްރޮޕީ އަދި މެޑަލް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މޭޑް ރަނާސްއާ ގުޅިގެން ބާއްވާ މިދުވުން ކޮންމެ އަހަރަކުވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައި އެވެ. މިއަހަރުގެ ދުވުން ހާއްސަކޮށްފައިވަނީ ލޭ ހަދިޔާކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީން މިފަދަ ދުވުމެއް ކުޅުދުއްފުށީގައި ބޭއްވުމުގެ މަގުސަދަކީ ތަފާތު ކުޅިވަރުގެ ފުރުސަތުތަށް ރަށުގައި ތިބެގެން ހޯދައިދިނުމެވެ. މިދުވުމާ ބެހޭ އިތުރު މައުލޫމާތު 7917616، 7948311 މި ނަމްބަރުތަކަށް ގުޅުމުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355