twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވިކްޓަރީގެ ދަތުރު: ވިކްޓަރީގެ ފަހުމެޗުގައި ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި

Feb 20, 2011

އިބްރާހިމް ހަމީދު

ވިކްޓަރީ ސްޕޯޓްސް ކުލަބަށް  40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން  ކުޅުދުއްފުއްޓަށް ޒިޔާރަތްކުރި ވިކްޓަރީ ޓީމު މިއަދު ކުޅުނު އެކުވެރިކަމުގެ އެންމެފަހު މެޗްގައި ހަނިމާދޫ ފުޓުބޯޅަ ޓީމާއި ބައްދަލުކޮށް 06 ލަނޑު 00 ލަނޑުން މެޗް ކާމިޔާބު ކޮށްފިއެވެ. މިމެޗްގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިކްޓަރީ ޓީމްގެ ޖޯޒީ ނަމްބަރު 23 އިބްރާހިމްފަޒީލެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށީގެ ކުޅިވަރު ހަރަކާތްތައް ކުރިއެރުވުމަށް ވަރަށް ގިނަދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް އިސްމާއީލެވެ.

މިއަދު ކުޅެވުނު އެންމެ ފަހު މެޗަށްފަހު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިކްޓަރީގެ ކޯޗް ސުޒޭން ވިދާޅުވީ ކުޅުދުއްފުށިން ވިކްޓަރީ ޓީމާ ދޭތެރޭ ބެހެއްޓެވި މެހެމާންދާރީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއިއެކު  ވިކްޓަރީން ބަލައިގަންނަކަމަށެވެ. އަދި މިއީ ވިކްޓަރީއަށް ކުރެވުނު ވަރަށް ބޮޑު ތަޖްރިބާއެއްކަމަށާއި މިރަށުގައި އެކުވެރިކަމާއެކު މިމެޗްތައް ކުޅެވުނިތީ ވަރަށް އުފާކުރާކަމަށް ސުޒޭން ވިދާޅުވިއެވެ.

ޓީމްތަކާ ބެހޭގޮތުން ސުޒޭން ވިދާޅުވީ ޓީމްތަކުގައި ރަނގަޅު ކުދިން ތިބިކަމަށެވެ. އަދި އެކުވެރިކަމާއެކު ކުޅުދުއްފުށީގައި މިކުޅެވުނު މެޗްތަކަކީ  އެކުޅުންތެރިންނާ އެކުވެރިކަން ބަދަހިކޮށް ގުޅުން ރަގަޅު ކޮށްލުމުގެ ގޮތުން ކުޅެވުނު މެޗްތަކެއްކަމަށެވެ.

ވިކްޓަރީގެ ހަރަކާތްތަކުގެ ތެރެއިން  ކުޑަކުދިންނަށް އަމާޒްކޮށްގެން އިއްޔެ ހަވީރު ޒޯންސްޓޭޑިއަމްގައި ކުޑަކުދިންގެ ހަވީރެއްވަނީ ބާއްވާފައެވެ.

މިރޭގެ ވަގުތެއްގައި ވިކްޓަރީ ޓީމް ކުޅުދުއްފުށިން ވަނީ ފުރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355