twitterviber whatsapp telegramfacebookyoutube instagram
17th September 2026

ސަދަކް ގެ ސީކުއަލް ގައި ފެނިގެން ދާނީ އާލިޔާ އަދި ސިދާރތް

Nov 7, 2017

1991 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލަމް “ސަދަކް” ގެ ސީކުއަލްގެ ތަރިންނަކީ އާލިޔާ ބަޓް އަދި ސިދާރތް މަލްހޯތްރާ ކަމަށް ބްލީވުޑް ރިޕޯޓް ތަކުން ބުނެފިއެވެ.

ކަޕޫރް އެންޑް ސަންސްއަށް ފަހު މިދެތަރިން އެކުގައި އެއްވެސް ފިލްމަކުން ފެނިފައިނުވާއިރު ސަދަކްއިން ފެނިގެން ދިއުމަކީ މި ދެތަރިންގެ ފޭނުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

މޯހިތް ސޫރީގެ އާޝީގީ 3 ވެސް މިދެތަރިން އެކުގައި ފެނިގެންދާނެ ކަމުގެ ހަބަރުތައް އަރާފައިވީނަމަވެސް އެފިލްމުގެ މަސައްކަތް މިވަގުތައް ވަނީ މަޑުޖައްސާލާފައެވެ.

މަހޭސް ބަޓް ގެ ފިލްމެއްކަމަށްވާ ސަދަކްގެ ފުރަތަމަ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ޕޫޖާ ބަޓް އަދި ސަންޖޭ ދަތް އެވެެ. ދެވަނަ ފިލްމަށް ޑައިރެކްޓަރަކު އަދި ހަމަޖެހިފައި ނުވާއިރު ފިލްމުގައި މަސައްކަތް ކުރާނެ އިތުރު ތަރިން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފިލްމު ސަދަކްގެ ލަވައެއް–

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293