ކޮފީ ތައްޔާރު ކޮށްލަން މިހާރު ވަރަށް ފަސޭހަ

ނަސްވާ ޙަސަން - 1 އަހަރު ކުރިން - 7 ނޮވެމްބަރ 2017ކޮފީ އަކީ ގިނަ ޒުވާނުން ދެވިހިފާފައިވާ ބުއިމަކަށްވާއިރު “ލެވާޕްރެސޯ” އަކީ އަވަހަށް މީރުކޮށް ކޮފީއެއް ތައްޔާރުކޮށްލުމަށް ފަސޭހަ މެޝިނެކެވެ.

ކަރަންޓާ ނުލައި ބޭނުންކުރެވޭ މި ކޮފީ މެޝިނުން އެކި ވައްތަރެއްގެ ކޮފީ ތައްޔާރުކޮށްލެވެއެވެ. އެގޮތުން ކަޕަޗީނޯ، ލާޓޭ، އެމެރިކާނޯގެ އިތުރުން އެކްސްޕްރެސޯ ހިމެނެއެވެ.

ހާއްސަކޮށް އެކްސްޕްރެސޯ ކޮފީ ތައްޔާރުކޮށްލުމަށް ފަރުމާކޮށްފައިވާ މި މެޝިނުން 3 މިނެޓްގެ ތެރޭގައި އެކްސްޕްރެސޯ އެއް ތައްޔާރުކޮށްލެވެއެވެ.

އަދި ކޮންމެތަނަކަށްވެސް ގެންދެވޭ މި ކުޑަ މެޝިނު ބޭނުންކުރަންޖެހެނީ އަތުގެ ޕްރެޝަރުންނެވެ. އެގޮތުން ހޫނު ފެނާއި ކޮފީ ބީންސް އެޅުމަށްފަހު 1 އާ 9 ބާރްސް އަށް ޕްރެޝާ ކޮށް،
ކޮފީ ބީންްސްގެ ރަހަ ފަސޭހައިން ގެނައުވައިދެވެ.


ގުޅުން ހުރި ލިޔުންތައް