twitterviber whatsapp telegramfacebookyoutube instagram
5th June 2025

ޖޯލީއަށްވުރެ ޕިޓްގެ އަޑު ގަދަ

Nov 18, 2017

އެންޖެލީނާ ޖޯލީ އާއި ބްރޭޑް ޕިޓްގެ ވަކިވުމަށްފަހު ޖޯލީގެ ފަރާތުން އަދިވެސް މިހާތަނަށް މީޑިއާގައި މާ ޝައުގުވެރިވާ ހަބަރެއް ފެތުރިފައެއް ނުވެއެވެ.

ނަމަވެސް ޖޯލީއާއި ހިލާފަށް ޕިޓްގެ އަޑު އެ ދެތަރިންގެ ވަކިވުމަށްފަހު މާ އަވަހަށް ފެތުރިންގެން ވަނީ ގޮސްފައެެވެ. އެކި ތަރިންނާއި އެކު “ޑޭޓް” ކުރާ ކަމުގެ އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް ވާހަކަ ތަކުގެ ތެދު ދޮގު އެނގޭވަރެއް ނުވެއެވެ.

ދާދިފަހުން ބްރައިޑްސް ވާރ ގެ ތަރި ކޭޓް ހަޑްސަން ވަނީ ޖޮލީއައި ޕިޓް ވަކިވުމަށްފަހު ޕިޓް އެކުގައި އުޅުންކަމަށް އެއްބަސް ވެފައެވެ.

މީގެ އިތުރުން 21 އަހަރުގެ އަރަމުން އަންނަ ތަރި އެލާ ޕާރނެލް އާއި ޕިޓްއާއި ގުޅުން އޮތް ކަމުގެ އަޑުތަކެއް ވެސް މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވުނެވެ. އެލާއަކީ ޖޮލީގެ ފިލްމު މެލެފިސެންޓްގައި އޭނާގެ ކުޑައިރުގެ ރޯލް އަދާކުރި ބަތަލާވެސް މެއެެވެ.

މިހާރު އަނެއްކާ ޕިޓްގެ މިސްރާބު ހުރީ ރޯޔަލިޓީއާއި ދިމާލަށެވެ. ހެނޯވާރގެ ޕްރިންސެސް ކެރޮލައިންގެ ދެވަނަ ދަރި ކަނބަލުން ޗާރލޮޓްއާއި ޕިޓްގެ ގުޅުމެއް އޮންނަކަމުގެ ހަބަރުތައް މީޑިޔާގައި ފެންމަތިވެފައިވާއިރު މި ގުޅުމަށް 2 މަސް ވެފައިވާކަމަށް ހަބަރުތަކުން ރިޕޯޓް ކުރެއެވެ.

ހަބަރުތަކުން ބުނާގޮތުން ޕިޓްއާއި ޗާރލޮޓުގެ ދިރިއުޅުމުގައި އެއްގޮތް ކަންތައްތަކެއް ދިމާވެފައި ހުރުމުން ވަރަށް އަވަހަށް ދެމީހުން ގާތްވެ އެކުވެރިންކަން އުފެދުނު ކަމަށެވެ. ޗާރލޮޓްގެ ކައިވެނި 2015 ގައި ރޫޅިފައިވާއިރު އެކަވެންޏަށް ވަނީ ދަރިއަކުވެސް ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355