twitterviber whatsapp telegramfacebookyoutube instagram
20th September 2026

ދެ ކިޑްނީ ފެއިލްވެފައިވާ 2 ކުދިންގެ މަންމައެއް، އެހީތެރިކަމަށް ބޭނުންވެފަ

Nov 19, 2017

ލ.ގަމަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފާތިމަތު ބަރިއްޔާއަކީ 2 ކިޑްނީ ފައިލްވެ އެހީތެރިކަމަށް ބޭނުންވެފައިވަނީ 2 ކުދިންގެ މަންމަ އެކެވެ.

ބަރިއްޔާ މި ބައްޔަށް ފަރުވާ ކުރާތާ 4 އަހަރު ފަހުން މި އަހަރު ކުރީކޮޅު ޑޮކްޓަރުންވަނީ އޭނާގެ 2 ކިޑްނީވެސް ފެއިލްވެފައިވާ ކަމަށް އާއިލާއާށް އަންގާފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ބަރިއްޔާގެ ފިރިމީހާ އަހުމަދު ޒަކީ ބުނީ ކިޑްނީގެ މައްސަލަ ޖެހިގެން ބޭސްކުރާތާ 4 އަހަރުވެފައިވާ ކަމަށާއި ކިޑްނީ ފެއިލް ވެފައިވާކަން އާއިލާއާށް އެގުނީ މި އަަހަރު ކުރީކޮޅު އިންޑިޔާއަށް ދެއްކުމުން ކަމަށެވެ.

މި މަހު ޑައެލިސިސް ހަދަން ފަށާފައިވާ ކަމަށާއި އެހެން ނަަމެވެސް ބަރިއްޔާގެ ހާލަތު އަދިވެސް ވަރަށް ދަށްކަމަށް ޒަކީ ބުންޏެވެ.

ބަރިއްޔާގެ އޮޕަރޭޝަން އާސަންދައިން ކަވަރު ކޮށްދޭ ކަމަށާއި އެހެންނަމަވެސް ޑޯނާރ ހޯދަން ޖެހެނީ އަމިއްލައަށް ކަމުން އަދި އޮޕަރޭޝަން ކުރުމަށް ގޮސް ތިބުމުގެ ހަރަދުވެސް ކުރަންޖެހެނީ އަމިއްލައަށް ކަމަށްވާތީ އެކަމަށް ދާނެ ހަރަދި ބުނަން ނޭނގޭކަމަށް ޒަކީ ބުންޏެވެ. އަދި ފުރަތަމަ މި މަސައްކަތް ކުރަނީ ޑޯނާރއެއް ހޯދުމަށް ކަމަށާއި ދާނެ ހަރަދު ބުނަން އެނގޭނީ އެއަށްފަހު ކަމަށެވެ. ބަރިއްޔާގެ ލޭ ގްރޫޕަކީ އޭބީ ޕޮޒިޓިވް އެވެ.

ބަރިއްޔާގެ މި އޮޕަރޭޝަނަށް ބޭނުންވާ ހަރަދު ކުރުމަށް އެ އާއިލާވަނީ އެންމެންގެ އެހީތެރިކަމާ ހެޔޮ ދުއާއަށް ބޭނުން ވެފައެވެ.

ބަރިއްޔާއަށް އެހީތެރިވެދިނުމަށް ބޭނުންވާ ފަރާތްތަރުން ފާތިމަތު ބަރިއްޔާގެ އެކުންޓް ނަންބަރު 101 153010 7707 އަށް ފައިސާ ފޮނުއްވޭނެއެވެ. އެ އާއިލާއަށް ގުޅޭނެ ނަންބަރަކީ 7605545.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293