twitterviber whatsapp telegramfacebookyoutube instagram
12th September 2026

“ދަ ޑައިރީ އޮފް ޑޮމެސްޓިކް ޑީވާ” ގެ ނަމުގައި ޝިލްޕާގެ އާ ފޮތެއް ނެރެނީ

Nov 21, 2017

“ދަ ޑައިރީ އޮފް ޑޮމެސްޓިކް ޑީވާ” ގެ ނަމުގައި ޝިލްޕާ ޝެއްޓީގެ އާ ފޮތެއް އަންނަ ޖެނުއަރީ މަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެއުމުގައި ރަނގަޅު ކާނާ ކެއުމަށާއި ހަށިގަނޑަށް ވަރަށް ވިސްނައިގެން އުޅޭ ޝިލްޕާގެ ފޮތެއް މީގެ ކުރިންވެސް ވަނީ ނެރެފައި އެވެ. އެފޮތުގެ ނަމަކީ “ދަ ގުރޭޓް އިންޑިޔަން ޑައިޓް” އެވެ. އަދި އެފޮތުގައި ކެއުމުގައި ޝިލްޕާ ގެންގުޅޭ ކާނާއާއި ޑައިޓް ޕުލޭންތަން ހިމެނެއެވެ.

އަދި މިއީ “ދަ ޑައިރީ އޮފް ޑޮމެސްޓިކް ޑީވާ” ގެ ނަމުގައި ނެރޭ ޝިލްޕާގެ ދެވަނަ ފޮތެވެ.

އިންޑިޔާގެ މީޑިއާތަކަށް މައުލޫމާތުދެމުން ޝިލްޕާ ބުނެފައިވާ ގޮތުގައި ރަނގަޅު ޑައިޓެއް ގެންގުޅެން ބޭނުންވާ ފަރާތްތަކަށްވެފައިވާ އެންމެ ބޮޑު އުދަނގުލަކީ އެފަދަ ކާނާއެއް ތައްޔާރުކޮށްލާނެ ވަގުތު ނުލިބުންކަމަށާއި އެގޮތުން މިއީ އެދަފަ އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ފޮތެއް ކަމަށެވެ.

އެގޮތުން ޝިލްޕާ ބުނިގޮތުގައި މި ފޮތަކީ ގިނަ ބައެއްގެ އެދުމުގެ މަތިން ނެރޭ ފޮތެއް ކަމަށާއި މި ފޮތުގައި އަވަަހަށް ތައްޔާރުކޮށްލަން ފަސޭހަ، މީރު އަދި ފައިދާހުރި ކާނާ ތައްޔާރުކުރާ ގޮތް ހިމެނޭނެ ކަމަށެވެ.

އަދި މި ފޮތުގައި ފައްސާހަށްވުރެ ގިނަ ޝިލްޕާގެ ހާއްސަ ރެސިޕީތަށްވެސް ހިމެނޭނެ ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293