twitterviber whatsapp telegramfacebookyoutube instagram
12th September 2026

ޕިކްސެލްގެ ފޯނުތަކަށް ގޫގުލްއިން ޕަވާރ ލެންސެއް ތައާރަފު ކުރަނީ

Nov 22, 2017

ޕިކްސެލްގެ ފޯނުތަކަށް އާރޓިފިޝަލް އިންޓަލިޖެންސް ޕަވާރ ލެންސެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ގޫގުލްއިން ބުނެފިއެވެ

ޕިކްސެލް އަދި ޕިކްސެލް 2 ފޯންތަކަށް ބޭނުން ކުރެވޭ މި ލެންސަކީ ކޮމްޕިއުޓަ ވިޝަން ސިސްޓަމެކެވެ. މި ސިސްޓަމް ބޭނުންކޮށްގެން ފޯންގެ ކެމެރާ އޮބްޖެކްޓަކަށް ފޯކަސްކޮށްލުމުން އެ އެއްޗެއްގެ މައުލޫމާތު ވަގުތުން ދިނުމުގެ ގާބިލް ކަން ލިބިފައިވާ ސިސްޓަމެކެެވެ.

ލެންސްގެ ވާހަކަ ފުރަތަމަ ދައްކާފައިވަނީ މި އަހަރު މެއި މަހު ބޭއްވި އެ ކޮމްޕެނީގެ އައިއޯ ޑިވެލޮޕަރ ކޮންފަރެންސްގަ އެވެ.

ގޫގުލްއިން ބުނީ މިދިޔަމަހު ގޫގުލްގެ ފޮޓޯތަކަށް ލެންސް ބޭނުން ކުރެވޭގޮތް ހަދާފައިވާނެ ކަމަށާއި އެހެންނަމަވެސް ލެންސްގެ މަސައްކަތް އެއްކޮށް ނިމުމުން އެ ބޭނުން ކުރެވޭނީ ގޫގުލް އެސިސްޓެންޓެއްގެ ގޮތުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293