twitterviber whatsapp telegramfacebookyoutube instagram
24th May 2026

ފިނޭ ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި

Nov 22, 2017

ހދ ފިނޭގެ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ނޮޅިވަރަމް ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމުން ހޯދީ ޑީސީ ސްޕޯޓް ކްލަބާއި ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މެޑަލް، ޓްރޮފީ އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ފިނޭ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ރަޝީދެވެ.

ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެނީ–

މި މުބާރާތުގައި ހޮވި ވައިއެސްއާރުސީގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ޓީމް ނޮޅިވަރަމްގެ ނަސްރުﷲ ހަލީލް، އަހުމަދު ރަޝީދު، އަލީ މުހައްމަދު، ކްލަބް ބެސްޓް ފެމިލީގެ މުހައްމަދު އަފީފު، ޓީމް ނައިވާދޫގެ އަބްދުﷲ ޝަރީފް އަދި ޑީސީ ސްޕޯޓް ކްލަބުފެ އަލީ އަބްދުﷲ އެވެ.

މި މަހު 15 ން 21 އަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ވާދަކޮށްފައެވެ. އަދި މި މުބާރާތް އަންނަ އަހަރުވެސް ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ވައިއެސްއާރުސީން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355