2017 ވަނަ އަހަރު ހޮލީވުޑުން ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާފައިވަނީ ޑިޒްނީ ޑިސްޓިބިއުޓް ކޮށްފައިވާ ފިލްމުތަކުންނެވެ.
އެގޮތުން ބިއުޓީ އެންޑް ދަ ބީސްޓް، ގާރޑިއަން އޮފް ގެލެކްސީ 2، ޕައިރެޓްސް އޮފް ކެރޭބިއަން: ޑެޑް މެން ޓެލް ނޯ ޓެއިލްސް، ތޯރ ރެގްނަރޮކް ހިމެނެއެވެ. މި ހުރިހާ ފިލްމެއްގެ ޑިސްޓްރިބިއުޓާރ އަކީ ޑިޒްނީއެވެ. ނަމަވެސް ތޯރ ރެގްނަރޮކް އަދި ގާރޑިއަން އޮފް ގެލެކްސީ 2 އަކީ މާވެލް ސްޓޫޑިއޯގެ އުފެއްދުމެެކެވެ. މި އަަހަރު ހޮލީވުޑްގެ އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓަށް ބަލާލާނަމެވެ.
1 ބިއުޓީ އެންޑް ދަ ބީސްޓް
މި އަހަރު ފެބްރުއަރީ 23 ގައި ނިކުތް ބިއުޓީ އެންޑް ދަ ބީސްޓް އޮތީ ވޯލްޑް ވައިޑް ކޮށް އެންމެ ބޮޑު ފައިދާ ލިބުނު ފިލްމުތަކުގެ ލިސްޓުގެ ކުރީގައެވެ. އެގޮތުން މި ފިލްމަ 1.264 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 160 މިލިއަން ރުފިޔާގެ ބަޖެޑަކުން ހަދާފައިވާ މި ފިލްމަކީ 1991 ވަނަ އަހަރު ނެރުނު ބިއުޓީ އެންޑް ދަ ބީސްޓް ކާރޓޫން އާއި އެއްގޮތަށް ނެރެފައިވާ ފިލްމެކެވެ. މިއީ ޑިޒްނީގެ އުފެއްދުމެކެވެ.
2 ދަ ފޭޓް އޮފް ދަ ފިއުރިއަސް
މި ލިސްޓްގެ ދެވަނާގައި ހިމެނެނީ ޔުނިވާރސަލް ގެ ދަ ފޭޓް އޮފް ދަ ފިއުރިއަސް އެވެ. 1.263 ބިލިއަން ރުފިޔާގެ ފައިދާ އެއް މި ފިލްމަށް ލިބިފައިވާއިރު މިއީ ކްރައިމް ތްރިލާ އެކެވެ. މިއީ ފާސްޓް އެންޑް ފިއުރިއަސް ސީކުއަލް ގެ 8 ވަނަ ފިލްމެވެ. ފިލްމު ރިލީޒްކޮށްފައިވަނީ މި އަަހަރު އޭޕްރިލް ގަ އެވެ.
3 ޑެސްޕިކަބަލް މީ 3
ޑެސްޕިކަބަލް ކާރޓޫން ސީރީޒްއަކީ ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމުތަކެކެވެ. މީއީ ވެސް ޔުނިވާރސަލްގެ ފިލްމެކެވެ. 1.032 ބިލިއަން ޑޮލަރުގެ ފައިދާއަކާއި އެކު ޑެސްޕިކަބަލްގެ މީ 3 މިއޮތީ ލިސްޓުގެ 3 ވަނައިގަ އެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ ޖޫން 14 ގަ އެވެ.
4 ސްޕައިޑަރ މޭން: ހޯމްކަމިން
ސޮނީ ޕިކްޗަރގެ ސްޕައިޑަރ މޭން: ހޯމްކަމިން މި ލިސްޓުގެ 4 ވަނަ ލިބިފައިވަނީ 880.2 މިލިއަން ޑޮލަރުގެ ފައިދާއަކާއި އެކުއެވެ. ޖޫން 8 ގައި ރިލީޒްކުި މި ފިލްމަކީ 175 މިލިއަން ޑޮލަރުގެ ބަޖެޓަކާއިއެކު ރިލީޒްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ސީކުއަލްއެއް 2019 ގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
5 ވޮލްފް ވޯރިއާރ 2
ވޮލްފް ވޯރިއާރ 2 އަކީ ޗައިނާގެ އެކްޝަން ފިލްމެކެވެ. 2015 ގައި ނެރުނު ވޮލްޕް ވޯރިއާރ ގެ ފުރަތަމަ ފިލްމުގެ ސީކުއަލް އެއްގެ ގޮތަށް ނެރުނު މި ފިލްމު ރިލީޒްކޮށްފައިވަނީ ޖުލައި 27 ގަ އެވެ. މި ފިލްމަށް ފައިދާގެ ގޮތުގައި 870.3 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
6 ގާރޑިއަން އޮފް ގެލެކްސީ 2
863.6 މިލިއަން ޑޮލަރުގެ ފައިދާ އަކާއެކު ލިސްޓުގެ 6 ވަނަގައި މިއޮތީ ގާރޑިއަން އޮފް ގެލެކްސީ 2. މާވެލް ސްޓޫޑިއޯއިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ 2014 ގައި ނިކުތް ގާރޑިއަން އޮފް ގެލެކްސީ ގެ ސީކުއަލް އެވެ.
7 ވޮންޑަރ ވުމަން
މި ފިލްމަކީ މެއި 17 ގައި ރިލީޒްކޮށްފައިވާ ފިލްމެކެވެ. ޑީސީ ކޮމިކްސް ގެ ކެރެކްޓާއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަށް ފައިދާގެ ގޮތުގައި 821.8 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 149 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމަކީ 6 ކޮމްޕެނީއަކުން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ވޮންޑަރ ވުމަންގެ 2 ވަނަ ފިލްމު 2019 ގައި ރިލީޒް ކުރުމަށްވަނީ ހަމަޖެހިފައެވެ.
8 ޕައިރެޓްސް އޮފް ކެރޭބިއަން: ޑެޑް މެން ޓެލް ނޯ ޓެއިލްސް
ޕައިރެޓްސް އޮފް ކެރޭބިއަން ގެ ފިލްމުތަކަކީ ޑިޒްނީން އުފައްދާ އެންމެ ކާމިޔާބު އެއް ފިލްމު ސީރީޒްއެވެ. މެއި 11 ގައި ރިލީޒް ކުރެވުނު މި ފިލްމަކީ 230 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަށް ފައިދާގެ ގޮތުގައި 794.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
9 ތޯރ ރެގްނަރޮކް
މިއީ ވާރވެލް ކޮމިކްސް ގެ ކެެރެކްޓަރ ތޯރ ގެ މައްޗަށް އުފައްދާފައިވާ ސުޕަރ ހީރޯ ފިލްމެކެވެ. މާރވެލް ސްޓޫޑިއޯއިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަށް 791.5 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވާއިރު މިއީ 180 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
10 އިޓް
ލިސްޓް ގެ 10 ވަނަގައި ހިމެނޭ މި ފިލްމަކީ ބިރުވެރި އަދި ސްޕަރނެޗުރަލް ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ބިނާކޮށްފައިވަނީ 1986 ގައި ސްޓެފެން ކިންގް ލިޔެފައިވާ އިޓް ގެ ވާހަކަ ފޮތުގެ މައްޗަށެވެ. މިި ފިލްމަށް ލިބިފައިވަނީ 688 މިލިއަން ޑޮލަރެވެ.