twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޭކުރަންދޫގައި ބާއްވާ އަގުބޮޑު ފުޓްބޯޅަ މުބާރާތުގައި 8 ޓީމަކުން ބައިވެރިވެއްޖެ

Dec 2, 2017

ހދ ނޭކުރަންދޫގައި ބާއްވާ “ޑެކަގަން ކަޕް” ގައި 8 ޓީމަކުން ބައިވެރިވެއްޖެ އެވެ. މިމަހު ދިހައެއްގައި ފަށަން ހަމަޖެހިފައިވާ މިމުބާރާތަކީ އެރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބަށް ދިހަ އަހަރުވުން ފާހަގަކޮށް ބާއްވާ މުބާރާތެކެވެ.

53،000ރ ގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ނޭކުރަންދޫއިން ހަތަރު ޓީމު ބައިވެރިވެފައިވެ އެވެ. ރުއްގަނޑު ސްޕޯޓްސް، އެކްސް ޒީރޯ، މާޒިންސް، ސެނޮން އެވެ. ކުޅުދުއްފުށީގެ ތިން ޓީމަކުންވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ ކޮރަލްސް، ހިރަފުސް އަދި އައްޒަ 77 އެވެ. މިމުބާރާތުގައި ވައިކަރަދޫގެ ޓީމެއްވެސް ވާދަކުރެ އެވެ.

ޗެމްޕިއަން ޓީމަށް 25000ރ ދޭ ފުޓްބޯޅަ މުބާރާތެއް ހދ ނޭކުރަންދޫގައި ބާއްވަން އިއުލާންކޮށް، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޗެމްޕިއަން ޓީމަށް 25000ރ ދޭ ފުޓްބޯޅަ މުބާރާތެއް ނޭކުރަންދޫގައި ބާއްވަނީ

ޑިސެމްބަރު 10 ގައި ފަށަން ތާވަލްކޮށްފައިވާއިރު މިމުބާރާތުގައި މެއިން ސްޕޮންސަރަކީ ނާސާލިންކް ޕްރައިވެޓް ލިމިޓެޑެވެ. މިއީ ނޭކުރަންދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.

53،000 ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ، ރަނަރަޕް ޓީމަށް 18،000ރ އަދި ތިންވަނަ ޓީމަށް 10،000ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވެ އެވެ. އަދި ފެއަރ ޕްލޭ ޓީމަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ރަށުން ބޭރު އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވަން ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355