twitterviber whatsapp telegramfacebookyoutube instagram
30th March 2026

13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ މެސެޖިން އެޕެއް ފޭސްބުކުން ތައާރަފް ކޮށްފި

Dec 12, 2017

ކުޑަކުދިންނަށް އަމާޒުކޮށްގެން ފޭސްބުކުން މެސެޖް ކުރެވޭ އެޕްލިކޭޝަން އެއް ތައާރަފްކޮށްފި އެވެ.

އުމުރުން 12-6 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ފޭސްބުކުން ނެރުނު މި މެސެޖިން އެޕްލިކޭޝަންގެ ނަމަކީ “މެސެންޖާ ކިޑްސް” އެވެ.

މި އެޕްލިކޭޝަނަކީ ފޭސްބުކް މެދުވެރިކޮށް މެސެޖް ކުރެވޭ އެޕްލިކޭޝަނެކެވެ. އެހެންނަމަވެސް މެސެންޖާ ކިޑްސް އެކްޓިވޭޓް ކޮށްދެވޭނީ މައިންބަފައިނަށް ކަމަށް ފޭސްބުކުން މައުލޫމާތު ދެއެވެ. އެގޮތުން އެ ކުދިންނަށް ފޭސްބުކް ޕްރޮފައިލްވެސް އެކްޓިވޭޓް ކޮށްދެވިދާނެ އެވެ. އެހެންނަމަވެސް ކުއްޖާއަށް މީހުންނާއި ކަނެކްޓް ވެވޭނީ އަންނަ ރިކުއެސްޓްތައް މައިންބަފައިން އެޕްރޫވްކުމުންނެވެ.

މި އެޕްލިކޭޝަން އަދި ބޭނުން ކުރެވޭނީ އެމެރިކާގައި އެކަންޏެވެ. އަދި އެޕް ރިލީޒްކޮށްފައިވަނީ އެޕަލް ގެ އައިއޯއެސް އޮޮޕްރޭޓިވް ސިސްޓަމް ތަކަށް އެކަންޏެވެ. އެހެން ކަމުން މި އެޕް ބޭނުންކުރެވޭނީ އައިފޯން، އައިޕެޓް އަދި އައިޕޮޓް ތަކުން އެކަންޏެވެ. އެހެން ނަމަވެސް މި އެޕް އިތުުރު ޑިވައިޒްތަކަށް ބޭނުން ކުރެވޭ ގޮތް ކުރިއަށް އޮތްތަނުގައި ހެދާނެ ކަމަށް ފޭސްބުކުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355