twitterviber whatsapp telegramfacebookyoutube instagram
10th August 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އަށް ފައިސާ ހޯދުމަށް ޖަމްބަލް ސޭލް އެއް ބާއްވައިފި

Feb 26, 2011

އިބްރާހިމް ހަމީދު

ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން އިންތިޒާމު ކޮށްގެން އޭތިމީތި ނަމުގައި ޖަމްބަލް ސޭލް އެއް ބާއްވައިފިއެވެ. އިއްޔެ މެންދުރުފަހު އެސްކޫލުގެ ގޯތިތެރޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތަކުން ފެށިގެންދިޔަ ޖަމްބަލް ސޭލް އަކީ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން 2011 ވަނަ އަހަރު އެ ސްކޫލުގެ ޕީޓީއޭގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ބޭއްވުނު ސޭލް އެއްކަމަށް އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގިނަ އަދަދެއްގެ ތަކެއްޗާއެކު އެއް ދުވަހުގެ މުއްދަތަށް ބޭއްވޭ މި ސޭލް ފެއްޓުމުގެ ރަސްމިއްޔާތުގައި މިހަރަކާތް ހިންގުމަށް ސްޕޮންސަރ ދެއްވި ކުޅުދުއްފުށީގެ ވިޔަފާރި ވެރިންނަށާއި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ކުޅުދުއްފުށީ ކައުންސިލް އަދި ހދ އަތޮޅު ކައުންސިލްގެ މެމްބަރުންނަށާއި ބެންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބްރާންޗް އަދި އަޕަރ ނޯތު ޔުޓިލިޓީސްގެ ވެރިންނަށް ޝުކުރުދެންނެވިއެވެ. 18 ސްޓޯލް އާއި އެކު ބޭއްވި މި ސޭލްގައި އަންނައުނުގެ އިތުރުން ހާޑްވެއަރ ސާމާނާއި ގޭތެރޭގައި ހިފާގެންގުޅޭ އެއްޗެހީގެ އިތުރުން ބޫޓު ފައިވާން ފަދަ އެއްޗެހިވެސް ވަނީ ވިއްކުމަށް ބަހައްޓާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355