twitterviber whatsapp telegramfacebookyoutube instagram
12th September 2026

“ފުކްރޭ ރިޓާންސް” އަށް ހީނުކުރާވަރުގެ ތަރުހީބެއް ލިބިއްޖެ

Dec 16, 2017

2013 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު “ފުކްރޭ” ގެ އައު ފިލްމު “ފުކްރޭ ރިޓާންސް” އަށް 8 ދުވަހުގެ ތެރޭގައި 66.15 ކަރޯޑް ރުޕީސް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި 2013 ވަނަ އަހަރު ނިކުއެތް ފުކްރޭ އަށް ބޮޑު ތަރުހީބެއް ނުލިބުނުނަމަވެސް މި ފިލްމަށް ހީނުކުރާ ވަރުގެ ތަރުހީބެއް ދަނީ ލިބެމުނެވެ.

އެގޮތުން މިމަހު 8 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ 3 ދުވަހުގެ ތެރޭގައިވެސް ވަނީ 32.20 ކަރޯޑް ރުޕީސް ލިބިފަ އެވެ. އަަދި ހަފްތާއެއްގެ ތެރޭގައި 50.30 ކަރޯޑް ވަނީ ލިބިފައި ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

އަދި މިހާރު ޖުމްލަ 66.15 ކަރޯޑް ރުޕީސް ލިބިފައިވާއިރު ކުރިއަށް އޮތްތާގައި ވެސް މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ފިލްމުގައި ޕުލްކިތް ސަމްރަތް، މަންޖޯލް ސިންގް، އަލީ ފާޒަލް، ވަރުން ޝަރްމާ، ޕްރިޔާ އަނަންދް، ވިޝާކާ ސިންގް އަދި ޕަންކަޖް ތުރިޕަތީގެ އިތުރުން ރިޗާ ޖައްޑާ އެކި ރޯލްތަކުން ފެނިގެންގޮސްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293