ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ގެ “ޓައިގާ ޒިންދާ ހޭ” އަކީ މި އަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާ ފިލްމެކެވެ.
2012 ވަނަ އަހަރު ނުކުތް އޭކްތަ ޓައިގާ ގެ ސީކުއަލް ގެ ގޮތުގައި ނެރޭ މި ފިލްމަކީ ކުރީ ފިލްމެކޭ އެއްފަދައިން އެކްޝަން އަދި ރޮމޭންޓިކް މަންޒަރުތައް އެކުލެވޭ ފިލްމެކެވެ.
ސީކުއަލްގެ ފުަރަތަމަ ފިލްމުގައި ވާހަކަ ބިނާވެފައި އޮންނަނީ ރޯ އެޖެންޓަކާއި ޕާކިސްޓާނުގެ ސްޕައި އަކާ ދެމެދު ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެގޮތުން ކެޓްރީނާ އަދާ ކުރަނީ ޕާކިސްތާނުގެ ސްޕައި އެޖެންޓެއް ގެ ރޯލެވެ. އަދި ސަލްމާން އަދާ ކުރަނީ ރޯ އެޖެންޓެއްގެ ރޯލެވެ.
ޓައިގާ ޒިންދާ ހޭ ގެ ޓައިޓަލް ލަވަ “ޒިންދާ ހޭ”
ޖުމްލަ 5 ލަވަ ހިމެނޭ މި ފިލްމުގެ 3 ލަވަ އެއް މީގެ ކުރިން ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާ އިރު މި ލަވަތަކަށް ވަނީ ބޮޑު ތަރުހީބެއްވެސް ލިބިފައެެވެ. މި ފިލްމުގެ ޓައިޓަލް ލަވަ ” ޒިންދާ ހޭ” ބެލުންތެރިންނަށް މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލާފައިވާއިރު މިއަދާ ހަމައަށް 2 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.
ފިލްމުގެ ލަވަތަކާއި ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު މިއީ ފިލްމުގެ ކާމިޔާބު ވާނެ ކަމުގެ ހެއްކެކެވެ. މި ފިލްމު ރިލީޒް ކުރަނީ މި މަހު 22 ވަނަ ދުވަހުއެވެ.