ނޭކުރަންދޫ ޑެކަގަން ކަޕްގެ ފައިނަލަށް ކޮރަލްސް އަދި ހިރަފުސް

އަބްދުލް ވާހިދު ޙަސަން - 6 months ago - 20 ޑިސެމްބަރ 2017



ނޭކުރެންދޫގައި ބާއްވާ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމުގައިވާ “ޑެކަގަން ކަޕް”ގެ ފައިނަލަށް ކުލަބް ކޮރަލްސް އާއި ހިރަފުސް ދަތުރުކޮށްފި އެވެ. މި ދެ ޓީމަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ ޓީމެވެ.

ޑެކަގަން ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ނޭކުރަންދޫގެ، އެކްސް ޒީރޯގެ މައްޗަށް ކުރި ހޯދާ ކޮރަލް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ 2 – 0 ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ސެމީގެ ދެވަނަ ޖާގަ ހިރަފުސް އިން ހޯދާފައިވަނީ އިއްޔެ، އައްޒަ 77 އާ ބައްދަލުކޮށް 1 – 0 ތަފާތަކުންނެވެ.

މިމުބާރާތުގައި ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު ނޭކުރަންދޫ ރަސްމީ ބޯޅަދަނޑުގަ އެވެ.

53،000ރ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި ހދ އަތޮޅުގެ ތިން ރަށަކުން 8 ޓީމެއް ބައިވެރިވެފައިވެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ، ރަނަރަޕް ޓީމަށް 18،000ރ އަދި ތިންވަނަ ޓީމަށް 10،000ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވެ އެވެ. އަދި ފެއަރ ޕްލޭ ޓީމަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ރަށުން ބޭރު އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވަން ހަމަޖެހިފަ އެވެ.

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓޯސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މެއިން ސްޕޮންސާރ އަކީ ނާސާލިންކް ޕްރައިވެޓް ލިމިޓެޑެވެ.


ގުޅުން ހުރި ލިޔުންތައް