ޑެކަގަން ކަޕް: ހާއްސަ މެހެމާނަކަށް ސުޒޭން

އަބްދުލް ވާހިދު ޙަސަން - 11 މަސް ކުރިން - 20 ޑިސެމްބަރ 2017ނޭކުރަންދޫ ޑެކަގަން ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ގެނެސްފި އެވެ. ސުޒޭން ވަނީ މިއަދު ނޭކުރަންދޫއަށް އައިސްފަ އެވެ.

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެރަށު ރަސްމީ ބޯޅަދަނޑުގަ އެވެ. މިމުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ ކުލަބް ކޮރަސް އާއި ހިރަފުހެވެ.

53،000ރ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި ހދ އަތޮޅުގެ ތިން ރަށަކުން 8 ޓީމެއް ބައިވެރިވެފައިވެ އެވެ.

ޑެކަގަން ކަޕްގެ ހާއްސަ މެހެމާނަކަށް ގެނައި ސުޒޭން މިއަދު ނޭކުރަންދޫއަށް ފައިބަނީ– ފޮޓޯ: ޑެކަގަން ކަޕް

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ، ރަނަރަޕް ޓީމަށް 18،000ރ އަދި ތިންވަނަ ޓީމަށް 10،000ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވެ އެވެ. އަދި ފެއަރ ޕްލޭ ޓީމަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ރަށުން ބޭރު އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވަން ހަމަޖެހިފަ އެވެ.

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓޯސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މެއިން ނާސާލިންކް ޕްރައިވެޓް ލިމިޓެޑެވެ.


ގުޅުން ހުރި ލިޔުންތައް