twitterviber whatsapp telegramfacebookyoutube instagram
29th June 2025
ADVERTISEMENT

ސަލްމާން އެކީ މަސައްކަތްކުރަން ހިތްހަމަޖެހޭ :ރެމޯ

Dec 23, 2017

މަގުބޫލް ‘ރޭސް 3’ގެ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް މިހާރު ނިމިފައިވާއިރު ސަލްމާންހާން އާއި އެކު މަސައްކަތް ކުރަން ހިތްހަމަ ޖެހޭކަމަށް ފިލްމުގެ ޑައިރެކްޓަރ ރެމޯ ޑިސޫޒާ ބުނެފިއެވެ.

ނޫސްތަކަށް މައުލޫމާތު ދެމުން ރެމޯ ބުނިގޮތުގައި ސަލްމާން އާއިއެކު ކުރާ ފުރަތަމަ މަސައްކަތަށްވެފައި ސަލްމާން އެކީ މަސައްކަތް ކުރަން ހިތްހަމަޖެހޭ ކަމަށެވެ. އަދި މިހާރު ފުރަތަމަ ޝެޑިއުލްގެ ޝޫޓިން މިހާރު ނިމިފައިވާ ކަމަށާއި މާދަމާ ޝޫޓިންގެ ދެވަނަ ޝެޑިއުލް ފަށާނެ ކަމަށެވެ.

ގިނަބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ރޭސް 1 އަދި 2 ގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސައިފް އަލީ ޙާން އެވެ. ނަމަވެސް ރޭސް 3 ގައި ސަލްމާން އާއި ޖެކްލީންގެ އިތުރުން ދެން ފެނިގެންދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމް އެވެ.

އަދި ސަލްމާން އާއި ރަމޭޝް ޓޮރާނީ ޕްރޮޑިއުސް ކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com