twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ހަރުފައިގެ ވިހަ “ސްޓްރޯކަށް” ފަރުވާއެއް!

Dec 24, 2017

ސައިންސްވެރިންގެ އައު ހޯދުންތަކުން ދައްކާ ގޮތުގައި ހަރުފަ އާއިލާގެ ވައްތަރެއްކަމުގައިވާ “ރެޓްލް ސްނޭކް”ގެ ވިހައިގެ މާއްދާއަކުން އުފައްދާ ބޭހެއްގެ ޒަރީއާއިން ސްޓްރޯކް ބައްޔަށް ކާމިޔާބު ފަރުވާއެއް ހޯދިދާނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ހަރުފަ ވިހައިގައި ހިމެނޭ “އެންކްރޮޑް” ނަމަކަށް ކިޔާ މި މާއްދާގެ ސަބަބުން އިންސާނުންގެ ލޭގައި ހިމެނޭ ލޭ ގަނޑުކުރާ މާއްދާ ދައްކޮށްލަދެއެވެ. އަދި މީގެ ސަބަބުން ސްޓްރޯކް ޖެހުމަށް މަގުފަހިވާ ސަބަބުތައް ނައްތާލަދެއެވެ.

މި ބޭހުގެ ސަބަބުން މުސްތަގްބަލުގައި އިންސާނާ އަށް ސްޓްރޯކް ޖެހުމުގެ ފުރުސަތުތައް ވެސް ކުޑަކޮށްލަދެއެވެ.

ކްލޮޓް ބަސްޓް ކުރުމަށް ބޭނުންކުރެވޭ ގިނަ ބޭސްތަކުގެ ސަބަބުން އިންޓާނަލް ބްލީޑިންގ އަށް މަގުފަހިކުރުވައެވެ. މިއާ ހިލާފަށް އެންކްރޮޑް ބޭސް ބޭނުން ކުރުމުން އިންޓާނަލް ބްލީޑް ވުމަކީ ނާދިރު ކަމެއްކަމުގައި އެމީހުން ބުނެއެވެ.

ސްޓްރޯކް ބައްޔަށް ފަރުވާ ކުރަމުންދާ 500 މީހުން ހިމެނޭ ގޮތަށް ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ” އެންކްރޮޑް” ބޭނުންކުރުމުން އޭގެތެރެއިން %42 ބަލިމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ގިނަ ގެއްލުންތަކެއް 3 ގަޑިއިރުގެ ތެރޭގައި ރަނގަޅުވެގެން ދިޔައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355