twitterviber whatsapp telegramfacebookyoutube instagram
17th June 2026

ޔޫޓިއުބް އާމްދަނީ ހޯދުމަށް ވަސީލަތެއް!

Dec 25, 2017

އާމްދަނީ ހޯދުމަށްޓަކައި ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ފަންތީގެ މަސައްކަތްތައް ކުރުމުގައި މީހުން މަޝްއޫލުވެ އުޅެއެވެ. އެގޮތުން އެންމެންވެސް އެއެއްޗަކަށް އަހުލުވެރި ވެފައިވާ ޔޫޓިއުބް ގެ ޒަރީއާއިން ވެސް އާމްދަނީ ހޯދުމަކީ މިހާރު ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މި މީހުން މަޝްހޫރު ވެފައިވަނީ “ޔޫޓިއުބާރސް” ގެ ނަމުންނެވެ.

އެގޮތުން “ޕިއުޑީޕައި” އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޔޫޓިއުބާރ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޕިއުޑީޕައި އަކީ ގޮތެންބާރގް އަށް އުފަން ސްވިޑެންގެ ރައްޔިތެކެވެ. އުމުރުން އެންމެ 28 އަހަރުގެ މި ޒުވާނާއަކީ ސްވިޑަންގެ ވެބް-ބޭސްޑް ކޮމީޑިއަން އެއްގެ އިތުރުން ވީޑިއޯތައްވެސް އުފައްދާ މީހެކެވެ.

ޗާމާސް ޔުނިވާރސިޓީ އޮފް ޓެކްނޮލޮޖީ އިން، އިންޑަސްޓްރިއަލް އެކޮނޮމިކްސް އަދި ޓެކްނޮލޮޖީ މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކޮއްފައިވާ ޕިއުޑީޕައި ވަނީ 2010 ވަނަ އަހަރުން ފެށިގެން އަހަރަކު 9 މިލިއަންއާ ގާތްކުރާ އަދަދަކަށް އާމްދަނީ ހޯދާފަ އެވެ

އަދި 2016 ވަނަ އަހަރާ ހަމައަށް 45 މިލިއަން ސަބްސްކްރައިބާސް އޭނާގެ ޔޫޓިއުބް ޗެނަލްއަށް ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355