twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޑަފޫޅުގެ “ވަސްވާހުން” ކުޅުުދުއްފުށީގައި ޕްރިމިއާ ކުރަނީ

Dec 25, 2017

ކުޑަކުދިންގެ ބޮޑު މަގުބޫލްކަމެއް ލިބިފައިވާ “ކުޑަފޫޅު” ގެ ކެރެކްޓާ އަލުން ސްކްރީނަށް އަންނަ ފިލްމު “ކުޑަފޫޅުގެ ވަސްވާހުން” އަންނަ މަހު 5 ގައި ކުޅުދުއްފުށީގައި ޕްރިމިއާ ކުރުމަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމުގެ ޓިކެޓް މިއަދުން ފެށިގެން ޓޫއެމްޓޫ ފިހާރައިން ވިއްކަން ފަށާފައިވާއިރު ފިލްމް ޕްރިމިއާ ކުރާ ދުވަހު ކުޑަކުދިންނަށް ހާއްސަ ހަވީރެއް ވެސް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި މި ފިލްމުގެ 4 ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު މި ފިލްމު މާލޭގައި އެޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 19 ގަ އެވެ.

ފިލްމަކީ ފަރިވާ ފިލްމްސް އާއި ސަން ޝައިން ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ އަދި ހުސައިން ރަޝީދު (މަހުމާ) ޕްރޮޑިއުސްކޮށް، އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ފިލްމްގެ ރޯލްތަކުން ފެނިގެންދާ “ކުޑަފޫޅުގެ ވަސްވާހުން” ގައި ކުޑަފޫޅުގެ ކެރެކްޓާ އިން ފަހަރު ވެސް ފެނިގެން ދާނީ މި ކެރެކްޓާ އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ. މި ސީރީޒްގެ ފިލްމްތަކުގައި ޝެއިހްގެ ރޯލް ކުޅެފައިވާ އަހުމަދު ޒިޔާ ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355