މި އަހަރު ބޮލީވުޑްއިން ރިލީޒް ކުރާނެ އެންމެ ފަހު ފިލްމު އަދި އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ބެލެވޭ ޓައިގާ ޒިންދާ ހޭއަށް އިއްޔެއާއި ހަމައަށް 114.93 ކަރޯޑް ރުޕީސް ލިބިއްޖެ އެވެ.
ސްޕައި އެކްޝަން ތްރިލާގެ މި ފިލްމު މިހާރު ދަނީ މި އަހަރުގެ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުންނެވެ.
މި ފިލްމު ވެގެން ގޮސްފައިމިވަނީ ބާހޫބަލީ2 ފިޔަވާ ފިލްމު އެޅުވިތާ ކުޑަ ދުވަސްކޮޅެއް ތެރޭ އެންމެ ބޮޑު ކާމިޔާބެއް ހޯދި ފިލްމަށެވެ. އަދި ހަމައެކަނި ފިލްމު އެޅުވި ހަފްތާ ބަންދުގައިވެސް އިންޑަސްޓްރީގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ފިލްމަށްވެސް މި ފިލްމް ވަނީ ވެގެން ގޮސްފަ އެވެ.
ޓްރޭޑް އެނަލިސްޓުން އަންދާޒާ ކުރާގޮތުގައި މި ފިލްމު މި ހަފްތާ ނިމުމުގެ ކުރިން ފައިދާ ގެ ގެތޮތުގައި 200 ކަރޯޑް ރުޕީސް އަށް ވުރެ ބޮޑު ފައިދާ އެއް ހޯދާނެއެވެ. އެހެން ވެއްޖެނަމަ ޓައިގާ ޒިންދާ ހޭ ވެގެންދާނީ 100 ކަރޯޑަށް ވުރެ ބޮޑު ފައިދާއެއް ހޯދި ސަލްމާން ގެ 12 ވަނަ ފިލްމަށެވެ.
މި ފިލްމު މިދިޔަ ހުކުުރު ދުވަހު ރިލީޒްކުރިއިރު ރިލީޒް ކުރި ދުވަހު ދުވަހު އެކަނިވެސް 34.10 ކަރޯޑް ލިބިފައިވެއެވެ. އަދި ހޮނިހިރު ދުވަހު 35.30 ކަރޯޑް ރުޕީސް އާދިއްތަ ދުވަހު 45.53 ކަރޯޑް ރުޕީސް އަދި އިއްޔެ 39.50 ކަރޯޑް ރުޕީސް ވަނީ ލިބިފައެެވެ.
މިހާރު ބެލެވޭ ގޮތުގައި ހަމައެކަނި އިންޑިޔާއިންވެސް މި ފިލްމަށް 30.8 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެއެވެ. އަދި ވޯލްޑް ވައިޑްކޮށް 39.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން އަންދާޒާ ކުރެއެވެ.