ޝާހުރުކް ޚާން މިހާރު ކުޅެމުން އަންނަ އާނަންދް އެލް ރާއީގެ ފިލްމުގެ އެންމެ ފަހުން ހާމަކޮށްފި އެވެ.
މި ފިލްމުގެ މަސައްކަތް ފެށުނު އިރުވެސް ފިލްމުގެ ނަން ހާމަކޮށްފައި ނުވާއިރު ފުރަތަމަ އަޑު ފެތުރިފައިވަނީ މި ފިލްމަށް ކިޔަނީ “ކެޓްރީނާ މޭރި ޖާން” ކަމަށެވެ.
ނަމަވެސް އިއްޔެ އާންމު ކުރި މި ފިލްމުގެ ޓްރެއިލާއެކު ފިލްމަށް ކިޔާ ނަންވެސް މިވަނީ ފޭނުންނާއި ހިއްސާކޮށްފަ އެވެ.
ޝާހްރުކް ޚާން ޑްވާފެއްގެ ރޯލު ކުޅޭމި ފިލްމުގައި ދެން ފެނިގެންދާނީ ޖަބް ތަކް ހޭ ޖާންގައި އޭނާއެކު ފެނުނު ދެތަރިން ކަމަށްވާ ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާއެވެ.
ހަބަރުތައް ބުނާ ގޮތުން މި ފިލްމަށް ” ކެޓްރީނާ މޭރީ ޖާން” ހަމަ ނުޖެއްސީ އެނަމާއި ދޭތެރޭ ކެޓްރީނާ ހިތްހަމަ ނުޖެހޭތީ އެވެ. ސަބަބަކީ މި ފިލްމުގައި އޭނާ ކުޅުމަށް ހަމަޖެހިފައިވަނީ އެނާ ގެ އަސްލު ކެރެކްޓާއަށް ވެފައި ބެލުންތެރިންނަށް މި ފިލްމުގައި ކެޓްރީނާގެ ވާހަކަ ފެނިގެންދާނެހެން ހީވާތީ ފިލްމުގެ ނަން ބަދަލުކުރަން ބޭނުން ވީ އެވެ. މި ފިލްމުގައި ޝާހުރުކް ފެނިގެން ދަނީ ކެޓްރީނާގެ އެންމެ ބޮޑު ފޭންގެ ގޮތުގަ އެވެ.
ކެޓްރީނާގެ ހަގީގީ ދިރިއުޅުން ފިލްމުގެ ފެނިގެންދާނެ ކަމަށް އާޑު އަރާފައިވާއިރު އޭނާ އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ރަންބީރު ކަޕޫރާއި އޭނާއާ ދެމެދު އޮތް ގުޅުން ވެސް ފިލްމުގައި ފެނިގެންދާނެ ކަމަށްވެ އެވެ.