twitterviber whatsapp telegramfacebookyoutube instagram
19th March 2024

ސިދާތުގެ “އައްޔާރީ” ރިލީޒް ކުރުން ލަސްކުރީ ޕަދްމަވަތީއާއި ވާދަ ނުކުރަން

Jan 10, 2018

ސިދާތް މަލޯތްރާގެ ކުރިއަށް އޮތް ފިލްމު އައްޔާރީ ރިލީޒް ކުރުން ލަސްކޮށްފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އައްޔާރީ ރިލީޒް ކުރުން ލަސްކޮށްފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ޕަދްމަވަތީ ލިރީޒް ކުރާ ދުވަހާ ކުރިން އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ދުވަހާ މާ ކައިރި ވުމުންނެވެ.

ދިމާވި އެކި މައްސަލަ ތަކުގައި މިދިޔަ ޑިސެމްބަރ މަހު 1 ވަަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހުނު ޕަދްމަވަތީ ރިލީޒް ކުރުން ކެންސަލްކޮށް މިހާރު އެ ފިލްމު މި މަހު 25 ގައި ބެލުންތެރިންނާއި ހަމައަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އައްޔާރީ ކުރިން ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޕަދްމަވަތީގެ އެއްދުވަސް ފަހުން ޖެނުއަރީ 26 ގަ އެވެ. މީގެ އިތުރުން އަކްޝޭގެ ޕެޑްމޭން ވެސް 26 ގައި ރިލީޒް ކުރަން ހަމަޖެހިފައި ވުމާއެކު އައްޔާރީ ރިލީޒް ކުރުން ފަސްކުރީ އެވެ.

މިހާރު އެފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ 9 ވަނަ ދުވަހު އެވެ. ބޮކްސް އޮފީހުގައި އެ ފިލްމާއި ވާދަ ކުރަން އެއިރު ހަމަ ޖެހިފައި އޮތީ އަނުސްކާ ޝަރްމާގެ “ޕަރީ” އެވެ. އެހެންނަމަވެސް އައްޔާރީ އާއި އެއްދުވަހަކު ރިލީޒް ކުރަން ޖެހުމުން އެ ފިލްމުވެސް ވަނީ ރިލީޒް ކުރާ ދުވަސް މާރޗ 2 އަކަށް ފަސްކޮށްފަ ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355