twitterviber whatsapp telegramfacebookyoutube instagram
27th March 2026

އިރާންގައި އޮތް ކަމަށް ބުނާ “ސިޓީ އޮފް ޑްވާރފްސް”

Jan 17, 2018

ދަތުރު ވެރިއެއްކަމަށްވާ ޖޮނަތަން ސްވިފްޓް ގެ ފޮތް ގްލިވާރސް ޓްރެވަލާސް ގެ ފުރަަތަމަ ޗެޕްޓާގައި އޭނާ ލިޔެފައިވާ ގޮތުން މީގެ ގަރުނެއް ކުރިން އިރާންގެ ޝަހަރެއް ކަމަށްވާ ލިލިޕުޓްގައި އުޅެފައިވަނީ ވަރަށް ކުދި މީހުންނެވެ. އެއީ ގާތްގަނޑަކަށް 15 ސެންޓިމީޓަރު ދިގު ބައެކެވެ.

އޭނާގެ ފޮތުގައި ބުނެފައިވާ ގޮތުން އެ ޝަހަަރަށް އާދެވުނީ އޭނާ ދަތުުރު ކުރަމުން ދިޔަ ނަވު ފަރަށް އަރައި އެރަށަށް ލެއްގުމުންނެވެ. އެއީ 1699 ވަނަ އަހަރެވެ. ޖޮނަތަން ލިޔެފައިވާގޮތުން އޭނާ ގެ ރަނގަޅު އަހުލާގުގެ ސަބަބުން އެ ޝަހަރުގައި ރަށްވެހިކަން ވެސް ލިބުނުކަމަށާއި މަސައްކަތް ކުރީ އެ ޝަހަރުގެ ރޯޔަލް ކޯޓުގަ އެވެ.

އެހެންނަމަވެސް މި ވާހަކަތައް ތަރީހު ދިރާސާ ކުރާ ފަރާތްތަކުން ދޮގުކުރެއެވެ. އެމީހުން ބުނާ ގޮތުން ލިލިޕުޓް އަދި 1500 އަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށް ބުނާ އިރާނުގެ އިތުރު ސިޓީއެއް ކަމަށްވާ މާހްކްނިކްގައި އުޅުނު ކުދި މީހުންގެ ވާހަކަ އަކީ ފިކްޝަން ވާހަކަ އެވެ.

ބުނެވޭ ގޮތުގައި 2006 ވަނަ އަހަރު އެ ޝަހަރުގެ އާބާދީއަކީ 582 މީހުންނެެވެ. އެއީ 125 އާއިލާއެވެ. މި ޝަހަރު އޮންނަނީ ހުޅަނގުން އަފްގާން ގެ ބޯޑަރާއި ގާތްގަނޑަކަށް 75 ކިލޯ މީޓަރު ދުރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355