twitterviber whatsapp telegramfacebookyoutube instagram
20th April 2024

“ކަނޑު އިބިލީސް”ގެ ޝޫޓިންގ ކުޅުދުއްފުށީގައި ފަށައިފި

Jan 31, 2018

ކަނޑު އިބިލީސް މި ފިލްމަކީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ވަރުގަދަ މެސެޖް ތަކަކާއި އެކު ހެއްވާ މަޖާ ސްޓޯރީއެއްގެ މައްޗަށް ބިނާ ކޮށްގެން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ޕްރޮޑިއުސަރެއްކަމުގައިވާ ކޮޕީ އިއްސެ ކޭއޯ މައުލޫމާތު ދިން ގޮތުގައި މިފިލްމުގެ ލީޑް ރޯލްއިން ފެނިގެން ދާނީ ކުޑަ އަންހެން އަދި ފިރިހެން ކުއްޖެކެވެ. އަދި ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާއެވެ. ޒިޔާގެ ކެރެކްޓާ އަކީ “ވަސްވާސް” ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ހާޢްސަ ވާނެ ކަމަށް އެފަރާތުން ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރަނީ އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ)، މުހައްމަދު ރިއްފަތު އަދި އަހުމަދު ޒިޔާއެވެ. މި ފިލްމުގެ އެޑިޓިންގ ގެ މަސައްކަތްތައް ކޮޕީ އިއްސެ ކުރިއަށް ގެންދާއިރު، ކެމެރާ ކުރުން ދަބާ އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރަމުންދާނީ ޒިޔާއެވެ.

ފިލްމުގެ ޝޫޓިންގ މިއަދު 14:00 ގައި ފެށުނުއިރު، 10 ދުވަހުގެ ތެރޭގައި ޝޫޓިންގ ގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް އެބޭފުޅުން މައުލޫމާތު ދެއެވެ. އަދި ދޮޅުމަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި ގްރޭންޑް އޯޕެނިންގ އަކާއިއެކު ފިލްމު ޕްރިމިއާރ ކުރެވިގެން ދާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ފިލްމުގެ އިސްފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މި ފިލްމުގެ މަސައްކަތްތަކަށް މިހާރުވެސް ކުޅުދުއްފުށީ ކައުންސިލުންނާއި އަދި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދެއެވެ. އަދި އެބޭފުޅުންގެ އެދުމަކީ ފިލްމުގެ ޝޫޓިން ނިމި ޕްރިމިއާރ ކުރެވުމާއި ހަމައަށްވެސް މިއެއްބާރުލުން ރައްޔިތުންގެ ފަރާތުން ލިބުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355