ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަސްކޮށްފި

ޚަދީޖާ އާދަމް - 6 މަސް ކުރިން - 5 ފެބްރުއަރީ 2018



ޒިގްޒެގުން އިސްނަގައިގެން ކުޅުދުއްފުށީގައި އޮފީސްތަކުގެ މެދުގައި ބާއްވަމުން އަންނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަސްކޮށްފި އެވެ

އެ ޖަމިއްޔާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު މުބާރާތް ފަސްކުރަން ނިންމީ ކައުންސިލްގެ ފަރާތުން އެދިގެން ކަމަށާއި އެއީ މިނިވަން ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވާ ކުޅުދުއްފުށީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާގިނަ އަދަދެއްގެ ކުޅުންތެރިންނަކީ އޮފީސް މުބާރާތުގައިވެސް ވާދަކުރާ ކުޅުންތެރިންނަށް ވާތީ އެކުޅުންތެރިންނަށް ލުއި ފަސޭހަކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

ޖުލައި 21 އަށް މުބާރާތް ފަސްކޮށްފައިވާއިރު ކުރި މި މުބާރާތް ބޭއްވުމަށް ހަމަޖެހުނީ އަންނަ މާރޗުމަހު 3 ގަ އެވެ. މި އަހަރުގެ މުބާރާތް ޒިގްޒެގުން ކުރިއަށް ގެންދަނީ ޑަބްލިއު ސްޕޯޓް އެކަޑަމީއާއި ގުޅިގެންނެވެ.


ގުޅުން ހުރި ލިޔުންތައް